މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން އަޅާ ފިޔަވަޅުތައް ޢާންމުކުރުން


ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތަކެއް މިރަށުން ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ތިރީގައި މިބަޔާންކުރާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

  1. ޒަރޫރީ ބޭނުމަށް ފިޔަވައި ގެއިން ބޭރުގައި ނޫޅުން.
  2. ގެއިންބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވުން.
  1. ސްކޫލްތަކާއި ތަޢުލީމީ މަރުކަޒުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން (މިކަން ނިންމާނީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން).
  2. ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭގެ ޙިދުމަތްދިނުން.
  3. ސެލޫން އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
  4. ގިނަމީހުން އެއްވެގެން ހިންގާ ޙަރަކާތްތައް ހުއްޓާލުން.
  5. ކުޅިވަރު ޙަރަކާތްތަށް ހުއްޓާލުން.
  6. އޮފީސް މާހައުލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗް.ޕީ.އޭ.ގެ އުސޫލާ އެއްގޮތަށް ބެހެއްޓުން.
  7. ފިހާރަ، ގުދަން ފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗް،ޕީ،އޭ.ގެ އުސޫލާ އެއްގޮތަށް ބެހެއްޓުން
  8. ޓެކްސީތަކާއި އެއްގަމު އަދި ކަނޑު އުޅަނދުތަކުގައި އެޗް.ޕީ.އޭ.ގެ އުސޫލާއި އެއްގޮތަށް ޢަމަލުކުރުން.
  9. އެއްފަހަރާ 5 މީހުންނަށްވުރެ ގިނަމީހުން އެކުގައި މަގުމަތީ ނޫޅުން.
  10. ރޭގަނޑު 9:00 އިން މެންދަމު 4:00 އަށް ކަރފިޔު ހިންގުން. މީގެ އިތުރުން ރަށުގެ ޙާލަތަށް ބަލައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގޮތެއްގެމަތިން ކާރފިޔުގެ ވަގުތަށް ބަދަލު ގެނެވިދާނެއެވެ.

 

 

ކާރފިޔުގެ ވަގުތުގައި ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނަނަމަ، police.gov.mv/permit  އިން ރިކުއެސްޓު ކުރުމަށްފަހު އެޕްރޫވަލް ލިބުމުން ބޭރަށް ނުކުތުމަށް އިލްތިމާސްކުރަން.

ވީމާ، ކަމާ ގުޅުންހުރި އިދާރާތަކުން ވަކިއެއްޗެއް އަންގަވަންދެން އެންމެހާ ރައްޔިތުން މަތީގައި ދެންނެވިފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގަމެވެ.