މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރ.މަޑުއްވަރީ އައިސްޕްލާންޓް މެކޭނިކް އަދި ކޭޝިއަރ (ޓްރެއިނީ)


ވަޒީފާގެ ފުރުޞަތު

މަޤާމް

ކޭޝިއަރ (ޓްރެއިނީ)

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (3 މަސްދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ.މަޑުއްވަރީ އައިސް ޕްލާންޓް

މުސާރަ

5،000.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު

ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު)

މަޤާމުގެ ޝަރުތުތައް

 1. ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން “ޑީ” ގްރޭޑް ލިބިފައިވުން.

(ކޭޝިއަރިންގ ދާއިރާއާގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމާއި، ލިބޭ ފައިސާގެ ދުވަހު ޝީޓް ތައްޔާރުކުރުމަށްފަހު ކައުންސިލް އިދާރާގެ ތިޖޫރީއާއި ޙަވާލުވެހުންނަ ފަރާތާއި ދުވަހުން ދުވަހަށް ފައިސާ ޙަވާލުކުރުން.
 2. ފައިސާ ރައްކާތެރިކަމާއިއެކު ގެންގުޅުން
 3. އައިސް ޕްލާންޓަށް ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި ކުރެވޭ ޚަރަދުގެ މަސްދުވަހުގެ ރިޕޯޓް ހަދާ ފޮނުވުމާއި
  ފައިލްކުރުން
 4. މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން
 5. އައިސްޕްލާންޓަށް ލިބޭ ބިލްތަކާއި އެންމެހާ ލިޔެކިޔުންތައް ބަލައިގަތުމާއި އެކި މުއައްސަސާތަކާއި އެކި ފަރާތްތަކުން
  ފޮނުވާ ލިޔެކިޔުންތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބުދިނުން.
 6. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން
  ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން
  ކަންތައްތައް ކުރުން

މަޤާމް

މެކޭނިކް (ޓްރެއިނީ)

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (3 މަސްދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ.މަޑުއްވަރީ އައިސް ޕްލާންޓް

މުސާރަ

5،000.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު

ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު)

މަޤާމުގެ ޝަރުތުތައް

 1. ލިޔަންކިޔަން އެނގުން – ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.

(ވެހިކަލް، އިކުއިޕްމެންޓް ރިޕެއަރ އެންޑް މެއިންޓެނެންސް ދާއިރާއާގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ރ.މަޑުއްވަރީ އައިސްޕްލާންޓްގެ އޯވަރއޯލް އިންޗާޖެއްގެ ގޮތުން ތަނުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
 2. ޕްލާންޓް އޮޕަރޭޝަން އާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ތަނުގެ މެއިންޓަނަންސް އާއި އާބާތުރަފިލުވުން
 3. އައިސްޕްލާންޓްގެ ޖަނެރޭޓަރުތައް އޮޕަރޭޓްކުރުން
 4. ދިމާވާ މެކޭނިކަލް މައްސަލަތައް ހައްލުކުރުން
 5. އައިސްޕްލާންޓްގެ ލޮގް ނެގުން
 6. އައިސްދޫކުރުމުގައި އެހީތެރިކަން ދިނުން
 7. އެއްވެސް ސަބަބަކާ ހުރެ ކޭޝިޔަރަށް މަސައްކަތަށް ހާޟިރު ނުވެވިއްޖެ ނަމަ ކޭޝިޔަރު ކުރާމަސައްކަތްތައް ކުރުން.
 8. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން
  ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން
  ކަންތައްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 3. މީގެ ކުރިން މިފަދަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާ މުއްދަތު އެނގޭނެހެން ވަޒީފާ އަދާކުރި އޮފީހުން/ފަރާތުން ދޫކޮށްފައިވާ ލިޔުން
 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (ކޭޝިއަރުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް)
 5. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން (މެކޭނިކްގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 12 ސެޕްޓެންބަރު 2021 އާއި 16 ސެޕްޓެންބަރު 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ.

02 ސެޕްޓެންބަރު 2021