މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި ޢަމަލުކުރަންވީގޮތް


 

ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތަކެއް މިރަށުން ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ރަށަށްއަރާ ފޭބޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.

  1. ރަށުގެ މަސްވެރިންނާއި އެހެނިހެން ޒަރޫރީ މަސައްކަތް ކުރާ ފަރާތްތައް.
  2. ހުއްދަ ލިބިގެން ރަށަށް ފުރަބަންދު ކަރަންޓީނަށްދާމީހުން.
  3. ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ މީހުން.
  4. ޢާއިލާއަށް ދިމާވާ ބޮޑެތިކަންތަށްތަކަށް ( މައިންބަފައިން ބަލިވުން، އަންބިމީހާ ވިހެއުންފަދަ).
  5. ބޭންކުގެ ޙިދުމަތް ހޯދުމަށް.
  6. އެމީހެއްގެ ވަޒީފާ ހަމަޖެހިފައިވާ ގޮތުން ކޮންމެދުވަހަކުވެސް ވަޒީފާއަށް ދިއުމަށްފަހު އެނބުރިރަށަށް ދާންޖެހޭގޮތަށް ވަޒީފާގެ އިންތިޒާމުތަށް ހަމަޖެހިފައިވާ ފަރާތްތައް ( ބޮޑަށް އެދެވިގެންވަނީ ކޮންމެދުވަހަކު އައިސް ގޮސް އުޅުމުގެ ބަދަލުގައި މިޙާލަތުގައި އެފަދަ ތަންތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސުން).
  7. ޔުޓިލިޓީ ޙިދުމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމަށް.
  8. ކޭބަލްޓީވީ އަދި މީޑިއާ ނެޓްވޯކްގެ ޙިދުމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް.
  9. ކޮމިއުނިކޭޝަން ޙިދުޔމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމަށް.
  10. މަސްވެރިކަން ކުރުމާއި އެހެނިހެން ޒަރޫރީ މަސައްކަތްތަކަށް ރަށުން ދާފަރާތްތަކުން ޓާސްކްފޯސް / ރަށުކައުންސިލަށް ހުށައަޅައި އެކަމަށް ހުއްދަ ހޯދުން. މިގޮތަށް ދާއިރުވެސް އެހެން ރަށްރަށުގެ މީހުން ބައިވެރިނުކުރުމާއި، ދަތުރުގައި އެހެން ރަށްރަށަށް ނުފޭބުން، އަދި ދަތުރުމަތީގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން.
  11. ގެއިންބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވުން.

ވީމާ، ކަމާ ގުޅުންހުރި އިދާރާތަކުން ވަކިއެއްޗެއް އަންގަވަންދެން އެންމެހާ ރައްޔިތުން މަތީގައި ދެންނެވިފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގަމެވެ.