މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އިންޓަރ އޮފީސް ފުޓްސަލް މުބާރާތަށް ދަނޑު ދޫކުރުން


ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މިރަށުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވާތީ މިމުބާރާތުގައި ބައިވެރިވާ ޓީމްތައް ޕްރެކްޓިސްކުރުމަށާއި މުބާރާތް ބޭއްވުމަށް، 2021 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން މުބާރާތް ނިމެންދެން، މުޢައްޞަސާތަކަށް ފުޓްސަލްދަނޑު ދޫކޮށްފައިވާ ވާހަކަ ދަންނަވަމެވެ. އޮފީސްތަކުގެ ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2021 ނޮވެންބަރު 03 ވަނަ ދުވަހުއެވެ.

ވީމާ، މިމުއްދަތުގައި ޢާންމުންނަށް ފުޓްސަލްދަނޑު ދޫނުކުރާނެ ވާހަކަވެސް ދަންނަވަމެވެ.