މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ގުޅޭ


1443 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު، 7 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 ގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިރަށުގައި ކުރިއަށްދާ ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހުގެ ފަތިހު 5:45 އަށް މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ހާޟިރުވެ ވަޑައިގެން ދެއްވުމަށް މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.