މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން


މިކައުންސިލުން ތަރައްޤީކުރަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގައި ކުރަންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނުގައިވާ މަޢުލޫމާތާއި ކުރެހުންތަކާއި ނަމޫނާތަކާއި އެއްގޮތަށެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

 1. ކުރެހުމާއި އެއްގޮތަށް ޕާކުގެ ކެންޓީނު ޢިމާރާތް ރޭނުމާއި ސިމެންތި ޖެހުމާއި ފެނާއި ކަރަންޓް ވައިރުކުރުމާއި ހިޔާކުރުމާއި ތަޅުން އެޅުމާއި ސީލިންގްކުރުމާއި އެލުމިނިއަމް ދޮރާއި ދޮރުފަތް ހަރުކުރުމާއި ސީލަރުލުމާއި ކުލަލުން. (ކެންޓީނުގައި ލާންވާނީ މަޑު ޕްރައިމަރީ ކުލަތަކެވެ.)
 2. ފާޚާނާތަކުގެ ތަޅުމާއި ބިތްތަކުގައި މުށި ޖެހުން. (ތަޅުމުގައި ޖަހާނީ ތަޅުމަށް ޚާއްޞަ މުށްޓެވެ. ބިތްތަކުގައި ޖަހާނީ ބިތުގައި ޖެހުމަށް ޚާއްޞަ މުށްޓެވެ.)
 3. ފާޚާނާ ސެޓް ހަރުކުރުން (ފާޚާނާތަށި، މޫނުދޮންނަތަށި، އިސްކުރު، މުސްމިލް ޝަވަރ، މޫނުދޮންތަށީގެ އިސްކުރު ،މޫނުބަލާ ލޯގަނޑުހަރުކުރުން)
 4. ކެންޓީނުތެރެއަށް ސީލިން ސާފޭސް މައުންޓް 08 ލައިޓް ހަރުކުރުމާއި ކޮންމެ ފާޚާނާއެއްގައި ސީލިންގ ސާފޭސް މައުންޓް ލައިޓެއް ހަރުކުރުމާއިއެކު ފާޚާނާތަކުގެ ލައިޓް ދިއްލުމަށް ބޭރުން ސްވިޗް ހަރުކުރުމާއި ކެންޓީނުގެ އެތެރޭގެ ލައިޓްތަކުގެ ސްވިޗްތައް ކޮންޓްރޯލް ރޫމުގައި ހަރުކުރުން
 5. ކެންޓީނުގެ ބޭރުން އުތުރުފަރާތާއި އިރުމަތިފަރާތު އަސްކަނީގައި 10 ސީލިންގ ސާފޭސް މައުންޓް ލައިޓާއި ޕާކުތެރެއިން ކެންޓީނުގެ އަސްކަނީގައި 02 ސީލިންގމައުންޓް ލައިޓް ހަރުކޮށް އެތަކެތި ދިއްލާ ސްވިޗް ކޮންޓްރޯލް ރޫމުގައި ހަރުކުރުން.
 6. ކެންޓީނު އެތެރޭގައި 2 ގޭންގްގެ 3 ސޮކެޓް ހަރުކުރުން.
 7. ޕާކުގެ ވަށާފާރު ލައިޓާއި ނަން ބޯޑުގެ ލައިޓާއި އެތެރޭގެ ގާޑަންލައިޓްތަކުގެ ސްވިޗްތައް ކޮންޓްރޯލް ރޫމްގައި ހަރުކުރުން. (ވަށާފާރު ދިއްލުމަށް ވަކި ސްވިޗެއް، ގާޑަންލައިޓްތައް ދިއްލުމަށް ވަކި ސްވިޗެއް، ނަންބޯޑު ދިއްލުމަށް ވަކި ސްވިޗެއް ހަރުކުރުން).
 8. ޕާކުތެރޭގެ ދިއްލުންތަކުގެ ސްވިޗްތަކާއި ޑީބީ ކޮންޓްރޯލް ރޫމުގައި ހަރުކުރުން.
 9. 01 ޑީބީ ހަރުކުރުން. (32 އެމްޕީގެ އީއެލްސީބީ، 32 އެމްޕީގެ އެމްސީބީ، 16 އެމްޕީގެ 5 ސާކެޓް، 06 އެމްޕީގެ 5 ސާކެޓް، 10 އެމްޕީގެ 5 ސާކެޓް)
 10. 3 ފޭސް ޑިޖިޓަލް ކަރަންޓް މީޓަރެއް ހަރުކުރުން.
 11. ކެންޓީނާއި ދެ ފާޚާނާ އާއި ޕާކުތެރޭގެ ފެންވައިރިން އަޅައި، ތަކެތި ހަރުކުރުމާއި ފާޚާނާތައް ނަރުދަމާ ނިޒާމާއި ގުޅާލުން.
 12. ޕާކުގެ ގަސްތަކަށް ފެންދިނުމަށް ދެ އިސްކުރު ހަރުކޮށް ފެންވައިރުކުރުން. ( ފާޚާނާގެ ދެކުނުން އިސްކޫރަކާއި ޕާކުގެ ހުޅަނގު އުތުރުކަނަށް ފެން އިސްކުރެއް ލުން)
 13. ދެ ފާޚާނާއަށާއި ކެންޓީނަށް އަދި ޕާކުގެ ފެން އިސްކުރުތަކަށް އެކަށީގެންވާ ފެން މޯޓަރެއް ހަރުކުރުން.
 14. މިއިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، ޕާކުގައި ހަރުކުރާ ތަކެތީގެ ބޭސްމަންޓްތަކުގައި ފެހިކުލައިގެ ގްރާސް ކާޕެޓް އެޅުމާއި ފްލޯމެޓް އަޅަން ބުނެފައިވާ ބޭސްމަންޓްގައި ނޫކުލައިގެ ގްރާސްކާޕެޓް އެޅުން.
 15. ނަމޫނާ އާއި އެއްގޮތަށް ޕާކުގެ ދެ އުނދޯއްޔާއި އުނދޯލިގެއާއި 4 ޖޯލީގެ ދެ ޖޯލިފަތި ހަދާ ހަރުކުރުން. ( ކޮންމެ ފަޔަކަށް 1*1 ފޫޓުގެ ބުޑެއް އެޅުން)
 16. ޕާކުގެ ބޭރުން އުތުރުފަރާތުގެ ޕޭމަންޓްމަތީގައި ބެހެއްޓުމަށް 4 ޖޯލީގެ 5 ޖޯލިފަތި ހެދާ ހަރުކުރުން.
 17. ޖޯލިތަކުގައި ޖަހާނީ މަސްކޮށި ކަޅުދަލެވެ.
 18. ޕާކުތެރޭގައި އުނދޯލިގެއާއި ޖޯލިފަތި ބަހައްޓަން ބުނެފައިވާ ސަރަޙައްދުގައި 4 އިންޗި ބޯމިނުގައި ކަށިވެލިލުން.
 19. ޕާކުގެ ވޯކްވޭތަކުގައި ޕޭވްމަންޓް ގައު އެތުރުމާއިއެކު ފްލޯ ޕެއިންޓްލުން (ކައުންސިލުން ފޯރުކޮށްދޭ ޕޭވްމަންޓް ގަލުގެ ކުރެހުމާއި އެއްގޮތަށް ޕޭވްމަންޓް ގައު އެޅުން.)
 20. ޕާކުގައި ދޮންވެލިލާން ބުނެފައިވާ ސަރަޙައްދުގައި ހުދުސަތަރި އަޅައި 8 އިންޗި ބޯމިނުގައި ހިމުން ދޮންވެލިލުން.
 21. ޕާކުގެ ކަރަންޓް ވައިރިން އެޅުމާއި ވައިރިންގެ މަސައްކަތްތައް ނިންމައި ގާޑެންލައިޓްހަރުކޮށް ޕާކުދިއްލުން.
 22. ޕާކުގެ ނަން ބޯޑުގެ ދިގުމިނަށް އެލްމިނިއަމް ޔޫ ފަތި ހަރުކޮށް، މަތީ އަކުރުބަރިއަށާއި ތިރީ އަކުރުބަރިއަށް ވަކިން ލައިޓްހަރުކޮށް ދިއްލުން. (ވޯޓަރޕްރޫފް އައުޓްޑޯ އާރުޖީބީ ރޯޕްލައިޓް)
 23. ޕާކުގެ ވަށާފާރުގައި ރޯޕްލައިޓް ހަރުކޮށް ދިއްލުން. (ވޯޓަރޕްރޫފް އައުޓްޑޯ އާރުޖީބީ ރޯޕްލައިޓް)
 24. ގޮނޑިތައް ކޮންކްރިޓްކުރުމާއި ހަރުކުރުމާއި ގޮނޑީގެ ލަކުޑި މަސައްކަތްތައް ނިންމާ ވުޑްޑައިކުރުން.
 25. ނަމޫނާ އާއި އެއްގޮތަށް ޕާކުގައި މީހުން އިށިއިންނާނެ 6 ލަކުޑި ބެންޗް ހަދައި ހަރުކުރުން. (ބޭނުންކުރަންވާނީ ޓްރީޓެޑް ލަކުޑި، ލޯބެކް ބެންޗް، 4 ފޫޓް ދިގުމިން)
 26. ޕާކުގެ ފައުންޓެއިން އިންނަ ސަރަޙައްދު ފާހަގަކޮށް އެސަރަޙައްދަށް ދޮންވެލިލުން.
 27. ޕާކަށް 3 ފޭސް ކަރަންޓް ލުން. (މަގުމަތީ ޑީބީން ޕާކަށް ފެނަކައިން ޤަބޫލްކުރާ ފެންވަރުގެ ކަރަންޓް ކޭބަލްއެޅުން)
 28. ޕާކުގެ ނަންބޯޑުގެ ފުރަގަހުގައި މިކައުންސިލުންދޭ ކުރެހުމެއް ކުރެހުން.
 29. ޕާކުގެ ވަށައިގެން ޖަހާފައިވާ ފެންސާއި ޕާކުގެ ފާރާއި ދެމެދު ސާފުކޮށް ފެންސް ނަގައި ކައުންސިލުން ދައްކާ ތަނަކަށް ޖަމާކުރުން.

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 ނޮވެންބަރު 08 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

 • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
 • އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
 • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

“ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

 • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 • ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 • ކުންފުނީގެ ޕްރޮފައިލް
 • ތަޖުރިބާގެ ލިޔުންތައް
 • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
 • މަސައްކަތު ތާވަލު
 • މާކްސް ދެވޭގޮތުގެ ތަފްސީލު:
 1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
 • އަގު %85
 • މުއްދަތު %10
 • ތަޖުރިބާ %5
 1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
 2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
 3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 ނޮވެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.