މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވަޒީފާގެ ފުރުޞަތު – ވަގުތީ އިމާމު/މުދިމް އަދި މަސައްކަތު މީހުން (ވޭޖް)


 

ވަގުތީ އިމާމު/މުދިމު، އަދި މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމާއިބެހޭ

 

މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި (ސަލާމްބުނުން، ޢާއިލީޒިއްމާ ޗުއްޓީއާއި އަހަރީ ޗުއްޓީ ނެގުމުން) ވޭޖުގެ އުޞޫލުން މަސައްކަތްކުރުމަށް 01 އަހަރުގެ މުއްދަތަށް ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވަގުތީ އިމާމު/މުދިމުކަމަށް ކުރިމަތިލާ ފަރާތަކީ އިމާމު ނުވަތަ މުދިމު ކަމުގެ މަސްޢޫލިއްޔަތު (ފަރުޟު 5 ނަމާދު ވަގުތަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން) ފުރިހަމައަށް އަދާކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ.

 

ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

ތިރީގައި އެވަނީ ވޭޖް/ ޕޫލް މަޤާމުތަކާއި ބޭނުންވާ ޢަދަދާއި އެމަޤާމުގެ އުޖޫރައާއި ޝަރުޠު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލެވެ.

 

 

މަޤާމްޢަދަދުއުޖޫރަޝަރުޠު
އިމާމު ( (GS306އިމާމު ސަނަދުއޮތްނަމަ    -/61 ރުފިޔާ (ނަމާދުކުރާ ވަގުތަށް)މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން
މުދިމު (GS1)މުދިމް ސަނަދުނެތްނަމަ    -/53 ރުފިޔާ (ނަމާދުކުރާ ވަގުތަށް)މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން
މަސައްކަތު (SS1)06މަސައްކަތްކުރާ ގަޑިއަކަށް  -/45 ރުފިޔާ (ދުވާލަކު 5 ގަޑިއިރު)ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް، ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓް އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

6.       ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

 

 

މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 ނޮވެންބަރު 2021 އާއި 27 ނޮވެންބަރު 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.

 

14 ނޮވެންބަރު 2021