މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުން


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިރަށުން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުން އޮންނާނީ މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 14:00 އަށް މަޑުއްވަރީ ކައުންސިލް އިދާރާގައެވެ. ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން ކުރިއަށްދާނީ 2022 ޖަނަވަރީ 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 13:30 ށް އަދި 2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.