މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ލަފާ ފުރާ ޞަރަހައްދު ކަނޑައެޅުމާއިގުޅޭ


ދެކުނު ބަނދަރު

ދެކުނު ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށް ލަފާފުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަނދަރުގެ ސިޑި ހިމެނޭ ޞަރަހައްދު ހުސްކޮށް ބޭއްވުމަށް ބޭނުންވެއެވެ.

އެހެންކަމުން ސިޑިން ފެށިގެން އިރަށް އަދި ހުޅަނގަށް  30 (ތިރީސް) ފޫޓުގެ ސަރަހައްދެއް އަރާފޭބުމަށް ޚާއްޞަކޮށް ކަނޑައަޅައި، ބޯޑުޖަހާފައިވާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ދަތުރު ފަތުރުކުރައްވާ ފަރާތްތަކުން ލަފާފުރުމަށް ފިޔަވައި އެހެނިހެން ބޭނުންތަކުގައި ސިޑި ހިމެނޭ ޞަރަހައްދު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.