މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އައިސް ޕްލާންޓަށް ބޭނުންވާ ޓޫލްސް އާއި ހިފާގެންގުޅޭ ސާމާނު ހޯދުން


ތިރީގައި ދަންނަވާފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

ބޭނުންވާ ތަކެތީގެ ލިސްޓް

ބޭނުންވާ ޢަދަދުތަފްޞީލް
06ބޮޑު ފަކީރާ (އެސްއެސް) (ކޮޅު ތެދު ފަކީރާ)
15200 ލިޓަރުގެ ހުސްހަން
01ޕްރެޝަރވޮޝަރ (ކޭ3)
06ޖޯޑު ގަންބޫޓް
01ފިލްޓަރ ބެލްޓް
10ބެއަރިންގ (5204ZZ) 908 (NSK)
10ސީލް 30x50x11
04ސްކެފަރ ބްރަޝް
01އަޑީތެޔޮ ނަގާ ގުންބާ (ބޮޑު)(އަތުން އަބުރާ)
01ތެޔޮ މިނަން ބޭނުންކުރާ ޖާރ (5 ލިޓަރ)
01ދަޅު ގިރިސް (5ލިޓަރު)
03ތެޔޮ އަޅާ ދޯރި (1 ލިޓަރ، 3 ލިޓަރ، 5 ލިޓަރ)
06އޯވަރއޯލް (މީޑިއަމް، ލާޖު، އެކްސް ލާޖު)
06އައިސް ޖެކެޓް
01ފީލަރ ގޭޖް
01އޮއިލް ފިލްޓަރ ރެންޗް (ޗޭނު ރެންޗް)
01އިންޖިން ބެޓަރީ ޗާޖަރ
01ބެޓަރީ ސްވިޗް
01ސެޓް ބެޓަރީ 12v 100amp (2 ބެޓަރި)
20ރޭޑިއޭޓަރ ކޫލަންޓް
01ސެޓް ރެންޗް (ބޮޑު)
01ފޮށި ސޮކެޓް (ބޮޑު)
01ޓޫލް ބޮކްސް

·         އިސްކުރު އަނބުރާ 3 ކަށިގަނޑު( ޕްލަސް)، 3 ސައިޒް

·         އިސްކުރު އަނބުރާ 3 ކަށިގަނޑު(މައިނަސް)، 3 ސައިޒް

·         1 ނަރުކެނޑި

·         1 ކޭބަލް ކަޓަރ

·         1 ތުންހިމަ ނަރުކެނޑި

·         1 ސައިޑް ކަޓަރ

·         1 ވޯޓަރ ޕަމްޕް ޕްލައިޔަރ

·         1 މިނީ ކޭބަލް ކަޓަރ

·         1 ބޯލް ޕިން ހެމަރ

·         2 ޓެސްޓަރ

·         1 ކަޓަރ

·         1 މިނީ ލަގް ފިއްތާ

·         1 ރަހަފަތި ގަނޑު

·         1 ފޫޓް ފީތާ 10 މީޓަރ

ބިޑް ރަޖިސްޓްރޭޝަން

2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ info@raamaduvvari.gov.mv / azhar@raamaduvvari.gov.mv އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 • ވިޔަފާރީގެ ނަން
 • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
 • ވެރިފަރާތުގެ ނަން
 • ވެރިފަރާތާއި ގުޅޭނެ ނަންބަރު
 • އީމެއިލް އެޑްރެސް

އަގު ހުށަހަޅަންވީ ގޮތް:

 • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
 • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އައިސް ޕްލާންޓަށް ބޭނުންވާ ޓޫލްސް އާއި ހިފާގެންގުޅޭ ސާމާނު ހޯދުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

 • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 • ވިޔަފާރީގެ ޕްރޮފައިލް
 • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
 • މުއްދަތު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

 1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
 • އަގު %80
 • މުއްދަތު %20
 • އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 • އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
 1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.