މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވަޒީފާގެ ފުރުޞަތު – ރ.މަޑުއްވަރީ އައިސްޕްލާންޓް


 

ވަޒީފާގެ ފުރުޞަތު

މަޤާމްއައިސްޕްލާންޓް މެނޭޖަރ
މަޤާމުގެ ނަންބަރުJ-0001
ބޭނުންވާ ޢަދަދު01 (އެކެއް)
މަޤާމުގެ ގިންތިކޮންޓްރެކްޓް (02 އަހަރު)
މަޤާމުގެ ރޭންކްއާރު.އެމް.ސީ ލެވެލް 9
މަޤާމުގެ ކްލެސިފިކޭޝަންއެސިސްޓެންޓް މެނޭޖަރ
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ (ރ.މަޑުއްވަރީ އައިސްޕްލާންޓް)
މުސާރަ3900.00 ރުފިޔާ
ސަރވިސް އެލަވަންސް3000.00 ރުފިޔާ
ސަޕޯޓިންގ އެލަވަންސް2500.00 ރުފިޔާ
އެހެނިހެން އެލަވަންސް–          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

–          ކޮންޓްރެކްޓް މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތުތައްދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން “އީ” ގްރޭޑް ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       އައިސްޕްލާންޓުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން އައިސްޕްލާންޓް މެނޭޖްކުރުން

2.       އައިސްޕްލާންޓް ހިންގައި ބެލެހެއްޓުމާއި، އައިސްޕްލާންޓް ހިމެނޭ ސަރަޙައްދާއި، ޕްލާންޓްގެ ވަށައިގެންވާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އައިސްޕްލާންޓާއި ޖަނަރޭޓަރާއި، ތަނުގެ ހަރުމުދަލާއި، ޓޫލްސްއާއި، ފައިސާއާއި، ފައިސާއާއި ގުޅުންހުރި ލިޔެކިއުންތަކާއި، ޕްލާންޓްގެއަށް ހޯދާފައިވާ އެނޫންވެސް ތަކެތި ބެލެހެއްޓުން

3.       އައިސް ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބަލަންޖެހޭ ކަންކަން ބެލުމާއި ޖަނަރޭޓަރަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ހޯދުމާއި، ހުއްޓުމެއްނެތި ޖަނަރޭޓަރު ހިންގޭނެ އިންތިޒާމް ހަމަޖެއްސުން

4.       ކޮންމެ ދުވަހަކުވެސް، މަސައްކަތް ފަށާއިރު، ބަލަންޖެހޭ ކަންކަން ބެލުމާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ކައުންސިލްގެ ފަރާތުން އައިސްޕްލާންޓަށް ޚާއްސަކޮށްފައިވާ މެންބަރަށް އެންގުމާއި، އަދި އެމައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި މަސައްކަތެއް ވީއެންމެ އަވަހަކަށް ކުރުން

5.       އައިސް ޕްލާންޓުގެ ދުވަހު މަޢުލޫމާތު ނަގާ ފޯމް ތައްޔާރުކޮށް ދުވަހުން ދުވަހަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ފޮނުވުން

6.       ޕްލާންޓް އޮޕަރޭޝަން އާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ތަނުގެ މައިންޓަނަންސް އާއި އާބާތުރަ ފިލުވުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުން

7.       އައިސްޕްލާންޓް އަދި ޖަނަރޭޓަރުގެ ލޮގު ނެގުމާއި، ރިކޯޑްތައް ފައިލްކޮށް ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުން

8.       އައިސްޕްލާންޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެފަދަ ފިޔަވަޅުތައް އަޅާތޯ ކަށަވަރުކުރުން

9.       އައިސްޕްލާންޓްގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މުވައްޒަފުންނަށް ފަހި އަމާން އަދި ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތައް ރާވައި ހިންގާ ބެލެހެއްޓުން

10.   އައިސްޕްލާންޓްގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ކައުންސިލަށް ފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން

11.   އައިސްޕްލާންޓުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ޗުއްޓީ ދިނުމާއި، ސަލާމާއި އާއިލީ ޒިންމާ އަދި އެނޫންވެސް ޗުއްޓީތައް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޗުއްޓީގައި ހުންނަ މުވައްޒަފު ކުރަމުންދިޔަ މަސައްކަތް މެދުނުކެނޑި ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން

12.   އައިސްޕްލާންޓަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ގެންގުޅުމާއި، އައިސްޕްލާންޓުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމްތަކާއި، ފައިސާ ބަލައިގަތުމަށް ރަސީދު ދޫކުރުމުގެ އިންތިޒާމްތަކާއި، ފައިސާ ރައްކާކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން

13.   ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ލިބޭ ފައިސާގެ ދުވަހު ރިޕޯޓް ތައްޔާރުކުރުމަށްފަހު، ނަގުދު ފައިސާއާއި ރިޕޯޓާއެކު އެދުވަހެއްގެ މެންދުރު 13:15 ގެ ކުރިން ކައުންސިލްގެ ފައިނޭންސް ޔުނިޓަށް ގެނެސް ޙަވާލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 ގެ ފަހުން ލިބޭ ފައިސާ، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މެންދުރު 13:15 ގެ ކުރިން ކައުންސިލްގެ ފައިނޭންސް ޔުނިޓަށް ގެނެސް ޙަވާލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި ކުރެވޭ ޚަރަދުގެ މަސްދުވަހުގެ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތައް ރާވައި ހިންގާ ބެލެހެއްޓުން

14.   ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް (އައިސްޕްލާންޓްގެ 20XX ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް) އެއަހަރެއްގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި، ކޮންމެ މީލާދީ އަހަރެއް ނިމުމާއެކު ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ކުރިން “އައިސް ޕްލާންޓްގެ އަހަރީ ރިޕޯޓް 20XX” ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުން

15.   އައިސް ޕްލާންޓަށް ލިބޭ ބިލްތަކާއި އެންމެހާ ލިޔެކިޔުންތަކަށް ބަލާ ޗެކްކޮށް އެފަރާތްތަކަށް ޖަވާބުދޭންޖެހޭ ލިޔުމެއް ނަމަ އެކަން މުވައްޒަފުންލައްވާ ކުރުވާ ބެލެހެއްޓުން

16.   އައިސްޕްލާންޓްގެ ކޭޝިއަރ ނެތް ޙާލަތެއްގައި، ކޭޝިއަރގެ އެންމެހާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުން

17.   އެއްވެސް ސަބަބަކާ ހުރެ ޓެކްނީޝަނަށް މަސައްކަތަށް ހާޟިރު ނުވެވިއްޖެ ނަމަ ޓެކްނީޝަންގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

18.   މަސައްކަތުގެ ދާއިރާގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރު އަންގާ މަސައްކަތެއް ކުރުން

19.   ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރާކާތްތަކާ އެންމެން ޝާމިލްވާންޖެހޭ ކަންތައްތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

 
މަޤާމްކޭޝިއަރ
މަޤާމުގެ ނަންބަރުJ-0002
ބޭނުންވާ ޢަދަދު01 (އެކެއް)
މަޤާމުގެ ގިންތިކޮންޓްރެކްޓް (02 އަހަރު)
މަޤާމުގެ ރޭންކްއާރު.އެމް.ސީ ލެވެލް 5
މަޤާމުގެ ކްލެސިފިކޭޝަންއޮފިސަރ
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ (ރ.މަޑުއްވަރީ އައިސްޕްލާންޓް)
މުސާރަ3500.00 ރުފިޔާ
ސަރވިސް އެލަވަންސް2000.00 ރުފިޔާ
ސަޕޯޓިންގ އެލަވަންސް2500.00 ރުފިޔާ
އެހެނިހެން އެލަވަންސް–          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

–          ކޮންޓްރެކްޓް މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތުތައްދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން “ޑީ” ގްރޭޑް ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       އައިސްޕްލާންޓަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ގެންގުޅުމާއި، އައިސްޕްލާންޓުން ފައިސާ ބަލައިގަތުމާއި، ފައިސާ ބަލައިގަތުމަށްފަހު ރަސީދު ދޫކުރުމާއި، ފައިސާ ރައްކާކުރުން

2.       ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ލިބޭ ފައިސާގެ ދުވަހު ރިޕޯޓް ތައްޔާރުކުރުމަށްފަހު، ނަގުދު ފައިސާއާއި ރިޕޯޓާއެކު އެދުވަހެއްގެ މެންދުރު 13:15 ގެ ކުރިން ކައުންސިލްގެ ފައިނޭންސް ޔުނިޓަށް ގެނެސް ޙަވާލުކުރުމާއި، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 ގެ ފަހުން ލިބޭ ފައިސާ، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މެންދުރު 13:15 ގެ ކުރިން ކައުންސިލްގެ ފައިނޭންސް ޔުނިޓަށް ގެނެސް ޙަވާލުކުރުމާއި، ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި ކުރެވޭ ޚަރަދުގެ މަސްދުވަހުގެ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ކައުންސިލަށް ފޮނުވުން

3.       ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް (އައިސްޕްލާންޓްގެ 20XX ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް) އެއަހަރެއްގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި، ކޮންމެ މީލާދީ އަހަރެއް ނިމުމާއެކު ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ކުރިން “އައިސް ޕްލާންޓްގެ އަހަރީ ރިޕޯޓް 20XX” ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުން

4.       އައިސް ޕްލާންޓަށް ލިބޭ ބިލްތަކާއި އެންމެހާ ލިޔެކިޔުންތަކަށް ބަލާ ޗެކްކޮށް އެފަރާތްތަކަށް ޖަވާބުދޭންޖެހޭ ލިޔުމެއްނަމަ، ވީއެންމެ އަވަހަކަށް ޖަވާބު ދިނުން

5.       އައިސްޕްލާންޓްގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ކައުންސިލަށް ފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން

6.       އައިސްޕްލާންޓުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ޗުއްޓީ ދިނުމާއި، ސަލާމާއި އާއިލީ ޒިންމާ އަދި އެނޫންވެސް ޗުއްޓީތައް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން

7.       މަސައްކަތުގެ ދާއިރާގެ ތެރެއިން އައިސްޕްލާންޓް މެނޭޖަރ ނުވަތަ ސުޕަވައިޒަރު އަންގާ މަސައްކަތެއް ކުރުން

8.       ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރާކާތްތަކާ އެންމެން ޝާމިލްވާންޖެހޭ ކަންތައްތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

 
މަޤާމްޓެކްނީޝަން
މަޤާމުގެ ނަންބަރުJ-0003, J-0004
ބޭނުންވާ ޢަދަދު02 (ދޭއް)
މަޤާމުގެ ގިންތިކޮންޓްރެކްޓް (02 އަހަރު)
މަޤާމުގެ ރޭންކްއާރު.އެމް.ސީ ލެވެލް 4
މަޤާމުގެ ކްލެސިފިކޭޝަންޓެކްނިކަލް އެސިސްޓެންޓް
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ (ރ.މަޑުއްވަރީ އައިސްޕްލާންޓް)
މުސާރަ3300.00 ރުފިޔާ
ސަރވިސް އެލަވަންސް2000.00 ރުފިޔާ
ސަޕޯޓިންގ އެލަވަންސް2500.00 ރުފިޔާ
އެހެނިހެން އެލަވަންސް–          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

–          ކޮންޓްރެކްޓް މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތުތައްލިޔަން ކިޔަން އެނގުމާއިއެކު، މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

ލިޔަން ކިޔަން އެނގުމާއެކު، މަޤާމާއި ގުޅޭ ޓެކްނިކަލް ދާއިރާއިން 6 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ލިޔަން ކިޔަން އެނގުން ކަމަށް ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވެފައިވާކަން ދެނެގަންނާނީ:

ހ. ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ށ. ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ނ. ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       އައިސްޕްލާންޓް ހިންގައި ބެލެހެއްޓުމާއި، އައިސްޕްލާންޓާއި ޖަނަރޭޓަރާއި، ތަނުގެ ހަރުމުދަލާއި، ޓޫލްސްއާއި، ޕްލާންޓްގެއަށް ހޯދާފައިވާ އެނޫންވެސް ތަކެތި ބެލެހެއްޓުން

2.       އައިސް ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބަލަންޖެހޭ ކަންކަން ބެލުމާއި ޖަނަރޭޓަރއަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ހޯދުމާއި، ހުއްޓުމެއްނެތި ޖަނަރޭޓަރު ހިންގޭނެ އިންތިޒާމް ހަމަޖެއްސުން

3.       ކޮންމެ ދުވަހަކުވެސް، މަސައްކަތް ފަށާއިރު، ބަލަންޖެހޭ ކަންކަން ބެލުމާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ، ލަސްނުކޮށް އައިސްޕްލާންޓް މެނޭޖަރަށް ނުވަތަ ކައުންސިލްގެ ފަރާތުން އައިސްޕްލާންޓަށް ޚާއްސަކޮށްފައިވާ މެންބަރަށް އެންގުމާއި، އަދި އެމައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި މަސައްކަތެއް ވީއެންމެ އަވަހަކަށް ކުރުން

4.       އައިސްޕްލާންޓާއި، ޖަނަރޭޓަރަށް ދިމާވާ މެކޭނިކަލް މައްސަލަތައް ޙައްލުކުރުން

5.       ޕްލާންޓް އޮޕަރޭޝަން އާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ތަނުގެ މައިންޓަނަންސް އާއި އާބާތުރަ ފިލުވުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުން

6.       އައިސްޕްލާންޓް އަދި ޖަނަރޭޓަރުގެ ލޮގު ނެގުމާއި، ރިކޯޑްތައް ފައިލްކޮށް ބެލެހެއްޓުން

7.       އައިސް ޕްލާންޓުގެ ދުވަހު މަޢުލޫމާތު ނަގާ ފޯމް ތައްޔާރުކޮށް ދުވަހުން ދުވަހަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ފޮނުވުން

8.       އައިސްޕްލާންޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެފަދަ ފިޔަވަޅުތައް އަޅާތޯ ކަށަވަރުކުރުން

9.       ‘އައިސް’ ދޫކުރުމުގައި ސަޕޯޓް ސްޓާފުންނަށް އެހީތެރިވެ ދިނުމާއި، ސަޕޯޓް ސްޓާފަކު ނެތް ޙާލަތުގައި އައިސްދޫކުރުމުގެ މަސައްކަތް ކުރުން

10.   މަސައްކަތުގެ ދާއިރާގެ ތެރެއިން އައިސްޕްލާންޓް މެނޭޖަރ ނުވަތަ ސުޕަވައިޒަރު އަންގާ މަސައްކަތެއް ކުރުން

11.   ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރާކާތްތަކާ އެންމެން ޝާމިލްވާންޖެހޭ ކަންތައްތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

 
މަޤާމްސަޕޯޓް ސްޓާފް
މަޤާމުގެ ނަންބަރުJ-0005, J-0006
ބޭނުންވާ ޢަދަދު02 (ދޭއް)
މަޤާމުގެ ގިންތިކޮންޓްރެކްޓް (02 އަހަރު)
މަޤާމުގެ ރޭންކްއާރު.އެމް.ސީ ލެވެލް 2
މަޤާމުގެ ކްލެސިފިކޭޝަންސަޕޯޓް އެސިސްޓެންޓް (ދިވެހިން)
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ (ރ.މަޑުއްވަރީ އައިސްޕްލާންޓް)
މުސާރަ3250.00 ރުފިޔާ
ސަރވިސް އެލަވަންސް1500.00 ރުފިޔާ
ސަޕޯޓިންގ އެލަވަންސް2500.00 ރުފިޔާ
އެހެނިހެން އެލަވަންސް–          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

–          ކޮންޓްރެކްޓް މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތުތައްލިޔަން ކިޔަން އެނގުން

 

ލިޔަން ކިޔަން އެނގުން ކަމަށް ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވެފައިވާކަން ދެނެގަންނާނީ:

ހ. ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ށ. ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ނ. ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       ‘އައިސް’ ދޫކުރުމަށްޓަކައި ސްޓޯރޭޖުން ހަންބުރިތަކަށް އައިސްއެޅުމާއި، ‘އައިސް’ ހަންބުރިތައް އަށިގަނޑަށް ނުވަތަ ވެހިކަލަށް އެރުވުން

2.       ޑިއުޓީ އުޞޫލުން ‘އައިސް’ ދޫކުރުމުގެ މަސައްކަތްކުރުން

3.       ‘އައިސް’ ސްޓޯރޭޖް ރަނގަޅަށް ބަލަހައްޓައި، ސާފުކުރުން

4.       އައިސްޕްލާންޓާއި ޖަނަރޭޓަރު ބެލެހެއްޓުމާއި، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ސަޕޯޓް ސްޓާފްގެ ހާޟިރުގައި ނުވަތަ ޑިއުޓީގައި ދިމާވާ މައްސަލަތައް ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން

5.       އައިސްޕްލާންޓް ގޭގެ ދިއްލުންތަކާއި އޭސީތައް ބެލެހެއްޓުމާއި، ލައިޓެއް އަނދައިފިނަމަ ލައިޓް ބަދަލުކުރުމާއި، އޭސީ ފިލްޓަރުތައް ސާފުކުރުމާއި، ކަރަންޓު މައްސަލައެއް ދިމާވެއްޖެނަމަ، އެނގޭ މިންވަރަކުން ޙައްލުކުރަން މަސައްކަތްކުރުމާއި، ޕްލާންޓް ގޭގެ ކުދިކުދި މަރާމާތު މަސައްކަތްތައް ކުރުމުގައި ބައިވެރިވުން

6.       އައިސްޕްލާންޓް ގޭގެ އެތެރެ ދުވާލަކު އެއްފަހަރު ކުނިކަހާ މޮޕްލުމާއި، އުފެދޭ ކުނިބުނި ހަފްތާޔަކު 2 ދުވަހު ކުނިކޮށްޓަށް އުކާލުން

7.       އައިސްޕްލާންޓް ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދު ބޭރު މަގުތަކާއި ގޯޅިތައް ކުނިކަހާ ސާފުކުރުމާއި ޕްލާންޓް ގޭގެ ކުޑަދޮރުތަކާއި ފަރުނީޗަރުތައް ފޮޅާ ސާފުކުރުން

8.       އައިސްޕްލާންޓް ގޭގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން

9.       އައިސްޕްލާންޓުން އެކިފަރާތްތަކަށް އެންގުމަށް ނުވަތަ ރައްދުކުރުމަށް ހަވާލުކުރެވޭ ތަކެތި ފަރުވާތެރިކަމާއިއެކު ރައްދުކުރުން

10.   އައިސްޕްލާންޓް ގޯތިތެރޭގައި އަދި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުންނަ ގަސްތަކަށް ފެންދީ ގަސްތައް ރަނގަޅަށް ބެލެހެއްޓުން އަދި ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން ގަސްތައް ކޮށާ ބެލެހެއްޓުން

11.   އައިސްޕްލާންޓުން އާންމުކުރަންޖެހޭ އިޢުލާންތަށް ރަށުގެ އެކިހިސާބުތަކުގައި އާންމުންނަށް ފެންނާނެހެން ބެހެއްޓުން

12.   މަސައްކަތުގެ ދާއިރާގެ ތެރެއިން އައިސްޕްލާންޓް މެނޭޖަރ ނުވަތަ ސުޕަވައިޒަރު އަންގާ މަސައްކަތެއް ކުރުން

13.   ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރާކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓުން (www.raamaduvvari.gov.mv) އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

6.       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތުތައް (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މިލ ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތުތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލް 8 ގައިވާ “ވަޒީފާއަށް އެދޭ ފަރާތުގެ ރެފެރެންސް ޗެކް ފޯމް”

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް–          ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނު

–          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

–          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުއާއި ޕްރެކްޓިކަލްސް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓް ކުރުންމި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތުމި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ޖަނަވަރީ 2022 އާއި 31 ޖަނަވަރީ 2022 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
“ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)” އާންމުކުރުންއިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)” އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެންސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުންމި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.

2022/2 ރ.މަޑުއްވަރީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު (ފުރަތަމަ އިޞްލާޙް) ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓުގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.

https://raamaduvvari.gov.mv/gaanoon/23842/

އަދި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ “އައްޔަނުކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

13 ޖުމާދަލްއާޚިރާ 1443

16 ޖަނަވަރީ 2022