މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަހާއި ތަކެތި ނެގުން


ރަށުގެ ދެކުނު ފަރާތުގައި އާބަނދަރެއް ތަރައްޤީވެގެންދާއިރު، އެސަރަޙައްދުގެ ބިންތަކާއި މަގުތައް ޕްލޭންކުރުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ބިންތަކާއި މަގުތައް ވަކިކުރުމަށްޓަކައި، ބަނދަރާއި އިންވެގެން އޮތް ބިންތަކާއި މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސްތަކާއި ދަރުފުނިތަކާއި، އެނޫންވެސް ތަކެތި ނަގައި، ބިން ސާފުކުރުމަށް ބޭނުންވެއެވެ.

އެހެންކަމުން، މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، އަމީނީމަގުގެ އިރުމަތިން ފެށިގެން ފެންޕްލާންޓާއި ހަމައަށް، ތިރީގައިވާ ޗާޓުގައި ނަންބަރުޖަހާ ފާހަގަކޮށްފައިވާ ޞަރަހައްދުތަކުގައި ހުރި ރުއްގަހާއި ދަރާއި އެހެނިހެންވެސް ތަކެތީގެ ވެރިފަރާތެއްވާނަމަ، 2022 ފެބުރުވަރީ 3 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެތަކެތި ނަންގަވައި ބިން ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގާ ދޫކޮށްލާފައި ހުންނަ ތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.