މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ތެޔޮވިއްކުމަށް ޚާއްޞަ ޞަރަހައްދެއް ކަނޑައެޅުން


މިކައުންސިލްގެ 2021 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 24 ވަނަ ޢާއްމުޖަލްސާއިން، ރ.މަޑުއްވަރީ، ގްލޯރިއާ، މޫސާ މައުރޫފަށް ދޫކޮށްފައިވާ، ފަހިވައި އިންވެސްޓުމަންޓުގެ ތެޔޮގުދަން ކުރިމަތިން ތެޔޮވިއްކުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެއް ކަނޑައަޅައި ބޯޑު ޖެހުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

އެހެންކަމުން ފަހިވައި އިންވެސްޓުމަންޓުގެ ތެޔޮގުދަން ކުރިމަތިން ތެޔޮއެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި، ތެޔޮއެޅުމަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ދޯނިފަހަރު އަޅާފައި ބޭއްވުމާއި، އެނޫން ބޭނުންތަކަށް އެސަރަޙައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.