މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އައިސް ޕްލާންޓަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން


ޕްރޮޖެކްޓް ނަންބަރު: PRO/308/2022/02

 1. މިކައުންސިލްގެ އައިސް ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ޑީސަލް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
 2. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ތެޔޮ ވިއްކުމަށް މިނިސްޓްރީ އޮފް ޑިފެންސުން ދޫކުރާ “ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވާކަމުގެ ލިޔުން” އޮތް ފަރާތަކަށް ވާންވާނެއެވެ.
 3. ތެޔޮ އެޅުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީ އައިސް ޕްލާންޓްގައި ޤާއިމްކޮށްފައިވާ ތެޔޮ ތާންގީއަށެވެ.
 4. އައިސް ޕްލާންޓްގެ ތެޔޮ ތާންގީ އާއި މަޑުއްވަރީ އުތުރު ބަނދަރުގެ ހުޅަނގު ކޮޅާއި ހުރި ދުރުމިނަކީ 150 (ސަތޭކަފަންސާސް) ފޫޓެވެ.
 5. ތެޔޮ ތާންގީގެ ކެޕޭސިޓީއަކީ 9000.00 (ނުވަހާސް) ލީޓަރެވެ.
 6. އައިސް ޕްލާންޓަށް މަދުވެގެން މަހަކު 15000.00 (ފަނަރަހާސް) ލީޓަރު ޑީސަލް ބޭނުންވާނެއެވެ.
 7. ޑީސަލް ސަޕްލައިކޮށްދޭނީ މިކައުންސިލުން ތެލަށް ރިކުއެސްޓްކުރުމުން، އެފަހަރަކު އެދޭމިންވަރަށެވެ.
 8. ވިއްކާ ތެލަކީ ( އެސްޓީއޯއިން ކޮލިޓީ ގެރެންޓީ ކޮށްފައިވާ ) ރަނގަޅު ކޮލިޓީގެ ތެޔޮ ކަމުގައި ވާންވާނެއެވެ.
 9. ސަރުކާރުން ތެލުގެ އަގު ކޮންޓުރޯލުކުރުމަށް ކަނޑައަޅާފައިވާ އިދާރާއަކުން ނުވަތަ ސަރުކާރުގެ ތެޔޮ ވިއްކާ ކުންފުނި އެސް.ޓީ.އޯ އިން އެއިރަކު ކަނޑައަޅާފައިވާ އަގުގެ ތެރެއަށް އިތުރުކުރެވޭ މިންވަރު، ހުށައެޅިފައިވާ އަގަށް އިތުރުކުރެވޭނެއެވެ. އަދި ހެޔޮކުރެވޭ މިންވަރަކުން ހެޔޮކުރެވޭނެއެވެ. (ތެލުގެ އަގަށް ފިއުލް ސަޕްލައި މޯލްޑިވްސްން ގެންނަ ބަދަލު ލިޔުމުން ހުށަހަޅަން ވާނެއެވެ.)
 10. ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ސަރުކާރުގެ ތެޔޮ ވިއްކާ ކުންފުނި އެސް.ޓީ.އޯ އިން ގެނެސްފައިވަނިކޮށް ތެޔޮ ގަންނަން ރިކުއެސްޓްކުރާނަމަ ރިކުއެސްޓްކުރާނީ އަގަށް އެއައި ބަދަލާއެކުއެވެ.
 11. ތާންގީއަށް ތެޔޮ އަޅަންވާނީ ތެޔޮވިއްކާފަރާތުގެ މީހަކާއި، މިކައުންސިލުން ކަނޑައަޅާފަރާތެއް ނުވަތަ ފަރާތްތަކެއްގެ ހާޒިރުގައެވެ.
 12. މިހާރު ތެޔޮލީޓަރެއް ވިއްކޭނެއަގު ބަޔާންކޮށް ހުށަހަޅަންވާނެއެވެ.
 13. ތެޔޮ ސަޕްލައިކޮށް ދިނުމުގެ މުއްދަތަކީ އެގްރިމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ 01 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެގްރިމެންޓް އުވާލަން ބޭނުންވެއްޖެނެމަ 1 މަސްދުވަހުގެ ނޯޓިސްއާއެކު އެގްރިމެންޓް އުވާލެވޭނެއެވެ.
 14. އަގުހުށައަޅާނީ އަގުހުށައެޅުމަށް މިކައުންސިލުން ފޯރުކޮށްދޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ.
ރަޖިސްޓްރީކުރުން·         2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ.

·         ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ info@raamaduvvari.gov.mv / azhar@raamaduvvari.gov.mv އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.

·         ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

·         ވިޔަފާރީގެ ނަން

·         ވިޔަފާރި ރަޖިސްޓްރީ ނަންބަރު

·         ވެރިފަރާތުގެ ނަން

·         ވެރިފަރާތާއި ގުޅޭނެ ނަންބަރު

·         އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުން·         އީ-މެއިލް ކުރައްވާނީ 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

·         އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

·         ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް·         2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

އަގު ހުށަހަޅަންވީ ގޮތް:

 • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
 • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އައިސް ޕްލާންޓަށް ޑީސަލާއި އަޑީތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

 • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 • ވިޔަފާރީގެ ޕްރޮފައިލް
 • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
 • މުއްދަތު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

 • އަގު %80
 • މުއްދަތު %10
 • ތަޖުރިބާ %10
 • އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 • އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ ރިކުއެސްޓްކުރުމުން ޑެލިވަރީކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތެވެ.
 • ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 • ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިޔުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމު” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.