މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އައިސް ޕްލާންޓް މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދުން


ޕްރޮޖެކްޓް ނަންބަރު PRO/308/2022/03

  1. މިކައުންސިލްގެ އައިސް ޕްލާންޓާއި ލޮނުފެން މޯޓަރާއި އައިސް ޕްލާންޓްގެ ޖެނެރޭޓަރު، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. އައިސް ޕްލާންޓާއި ލޮނުފެން މޯޓަރާއި ޖެނެރޭޓަރަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޙައްލުކޮށް ސްޕެއަރ ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި ސްޕެއަރ ގަނެ އެތަކެތި ބަދަލުކުރުމުގެ މަސައްކަތްކުރަންޖެހޭނެއެވެ.
  3. މިމަސައްކަތުގެތެރޭން ސްޕެއަރއެއް ގަންނަންޖެހިއްޖެނަމަ ގަންނަން ޖެހުނު އެއްޗެއް ގަނެ، އެ އެއްޗެއް ގަތް ބިލު ހުށަހެޅުމުން އެބިލުގެ ފައިސާ ކައުންސިލުން ދައްކާނެއެވެ.
  4. އައިސް ޕްލާންޓާއި ލޮނުފެން މޯޓަރާއި ޖެނެރޭޓަރު އޯވަރހޯލްކުރަން ޖެހިއްޖެނަމަ އެމަސައްކަތްކުރަންވާނެއެވެ.
  5. އައިސް ޕްލާންޓްގެ އެއްވެސް މެޝިނަރީއެއް މެއިންޓެއިން ކުރާނީ ކައުންސިލުން އެކަމަށްއެދި ކުރާ ރިކުއެސްޓަށެވެ.
  6. އަގު ހުށަހަޅާނީ، މެއިންޓެއިން ކުރުމުގެ މަސައްކަތަށް ކޮންމެ މީލާދީ މަހަކަށް ޗާޖުކުރާނެ އަދަދެވެ.
ރަޖިސްޓްރީކުރުން2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ info@raamaduvvari.gov.mv / ahmed@raamaduvvari.gov.mv އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

·         ވިޔަފާރީގެ ނަން

·         ވިޔަފާރި ރަޖިސްޓްރީ ނަންބަރު

·         ވެރިފަރާތުގެ ނަން

·         ވެރިފަރާތާއި ގުޅޭނެ ނަންބަރު

·         އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުންމި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: ahmed@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް·         2022 ފެބުރުވަރީ 01 ވާ އަންގާރަ ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަގު ހުށަހަޅަންވާނީ ލީޓަރަކަށްޖެހޭ ރުފިޔާގެ ރޭޓުންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އައިސް ޕްލާންޓް މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • ވިޔަފާރީގެ ޕްރޮފައިލް
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

  • އަގު %80
  • ތަޖުރިބާ %20
  • އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  • ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  • މިމަސައްކަތްކުރުމަށް
  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
  • މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.