މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު


ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތް މިފެށޭ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

އިނާމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 އޭޕްރިލް 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އިނާމަށް ހުށަހަޅުއްވާ ތަކެތި ކައުންސިލްގެ އިދާރާ އާއި ޙަވާލުކޮށްދެއްވުމަށް ދަންނަވަމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޝަމްވީލް 9693734 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.