މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރަމަޟާން މަހު ރަށުގެ މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ޞަދަޤާތްކުރުމާއި ގުޅޭ


 

ކޮވިޑް-19 އާއި ގުޅިގެން ފާއިތުވެދިޔަ ދެއަހަރު، ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. އެހެންނަމަވެސް، މިއަހަރުގެ ރަމަޟާން މަހާއި އަޅުގަނޑުމެން ބައްދަލުކުރާއިރު، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވާތީ، މާތްﷲ ގެ އިރާދަފުޅުން، ރަށުގެ މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އެކަމުގައި ހުރަހެއް ނެތް ވާހަކަ ދަންނަވަމެވެ.

 

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައި ވީނަމަވެސް، މިސްކިތަށް ގެންނަ ކާބޯތަކެތި ތައްޔާރުކުރުމާއި ގެންގުޅުމުގައި، ޢާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ޚިލާފުނުވާނެ ގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މިސްކިތަށް ތަކެތި ގެނައުމުގައި ތިރީގައިމިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

 

  1. ކާބޯތަކެތި އިސްރާފް ނުކުރުމާއި، އެބޭފުޅަކު ގެންނެވި ތަކެތި ހުސްނުވެ ހުރިނަމަ، ޢިޝާ ނަމާދުގެ ކުރިން ތަކެތި އަނބުރާ ގެންދިއުން
  2. މިސްކިތުގައި ކާބޯތަކެތި ގެންގުޅޭއިރު، އަދި ރޯދަ ވީއްލުމުގެ ކަންކަން ކުރިއަށް ގެންދާއިރު، އެސަރަޙައްދާއި މިސްކިތުގެ ގޯތި ތެރެއަށް ހުސް ފުޅި އާއި ހުސް ޕެކެޓް ފަދަ ތަކެތި ނޭޅުމާއި، އެކަމަށް ޚާއްސަކޮށް ބަހައްޓާފައިވާ ޑަސްބިނަށް އެތަކެތި އެޅުން
  3. ކާބޯތަކެތި އަޅައިގެން ގެންނަ ތަކެއްޗަކީ އަނބުރާ ގެންދަންޖެހޭ ތަކެއްޗަށްވާނަމަ، އެތަކެތި ފާހަގަ ކުރުމަށް ގޭގެ ނަން ނުވަތަ އެބޭފުޅެއްގެ ނަން ނުވަތަ ނިޝާނެއް ނަމަވެސް ޖައްސަވައިގެން ގެނައުން
  4. ޖޫހާއި ފަނި ފަދަ ތަކެތި ބޮޑެތި ފުޅީގައި ނުވަތަ ޖަގެއްގައި ގެންނަ ނަމަ، އެއާއެކު ޑިސްޕޯސަބަލް ތަށި ގެނައުން
  5. ބަންދުކޮށްފައި ނުވަތަ ޕެކެޓް ކޮށްފައި ހުންނަ ތަކެތި ގެންނަވާނަމަ، މުއްދަތު ހަމަވާ ތާރީޚަށް ބެއްލެވުމަށްފަހު، މުއްދަތު ހަމަނުވާކަން ކަށަވަރުކުރުން

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

31 މާރިޗް 2022