މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމާއި ގުޅޭ


 

މޫސުން ތަންދޭނަމަ، މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި، ރަށުގެ ދެކުނު ފަރާތު ބަނދަރު ސަރަޙައްދުގައި، ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ޢީދު ނަމާދުގެ ފަހުން، ރަށުގެ ކުދި ބޮޑު އެންމެން އެކުގައި އެސަރަޙައްދުގައި ހެނދުނުގެ ސައި ބުއިމުގެ އިންތިޒާމްވެސް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ.

 

ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވެހިކަލް ނުވެއްދުމާއި، ޕާކުކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ވެހިކަލް ޕާކުކުރުން
  2. ކޮންމެ ބޭފުޅަކުވެސް ވުޟޫކޮށްގެން، މުސައްލައެއް ހިފައިގެން އައުން
  3. ކުރިން ވަޑައިގަންނަވާ ބޭފުޅުން ކުރީ ސަފުތައް ފުރަމުން ގެންދިއުން
  4. ހެނދުނުގެ ސަޔަށް ގެންނަ ތަކެތި، ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ހިފައިގެން އައުން
  5. އެސަރަޙައްދުގައި، ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި މިސްކިތު މުވައްޒަފުންނާއި، ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން

 

މައިދާނުގައި ޢީދު ނަމާދު ނުކުރެވޭ ވަރަށް ޢީދު ދުވަހު މޫސުން ގޯސްވެއްޖެނަމަ، ޢީދު ނަމާދު ކުރާނީ މަސްޖިދުލް ޢުލާގައެވެ. އަދި އެފަދަ ޙާލަތެއްގައި، އެކަން އަޑުގަދަކުރާ މެދުވެރިކޮށް އިޢުލާންކުރާނެ ވާހަކަވެސް ދަންނަވަމެވެ.

 

ފިޠުރު ޢީދު ދުވަހުގެ ޢީދު ނަމާދާއި، ޢީދު ދުވަހުގެ ހެނދުނުގެ ސައިގައި ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ހެނދުނުގެ ސައި ތައްޔާރުކުރުމުގައި، ރަށުގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރަމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.