މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން


މިކައުންސިލުން ތަރައްޤީކުރަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގައި ކުރަންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނުގައިވާ މަޢުލޫމާތާއި ކުރެހުންތަކާއި ނަމޫނާތަކާއި އެއްގޮތަށެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

 1. ޕާކުގެ ކެންޓީނާއި ފާޚާނާތަކުގެ ތަޅުންއެޅުމާއި ތަޅުމުގައި މުށިޖެހުމާއި ޢިމާރާތުގެ ފެނާއި ކަރަންޓް ވައިރުކުރުމާއި ފުރާޅުގައި އާޓިފިޝަލް ފަން ޖެހުމާއި ސީލިންގްކުރުމާއި އެލުމިނިއަމް ދޮރާއި ދޮރުފަތް ހަރުކުރުމާއި ސީލަރުލުމާއި ކުލަލުން. (ކެންޓީނުގެ ބޭރު ފާރުގައި ލާންވާނީ އޮއިލް ބޭސްޑް އައުޓްޑޯ ހުދުކުލައެވެ. ކެންޓީނުގެ އެތެރެ ފާރުތަކުގައި ލާންވާނީ އިންޑޯ މޮޅު ހުދުކުލައެވެ.)
 2. ކެންޓީނުގެ އިރުމަތީ ފަރާތާއި އުތުރުފަރާތުގެ ފްލޯގައި ކޮންކްރިޓުން ކަބަޑުހަދައ، ކުލަލައި، ކަބަޑުފިލައިން ދޮރުފަތްހަދައި ހަރުކުރުން. (ކުރެހުމާއި އެއްގޮތަށް)
 3. ކެންޓީނުގެ ކޮންކްރިޓް ކަބަޑުގެ މަތީގައި ހުދުކުލައިގެ މުށިޖެހުން.
 4. ފާޚާނާތަކުގެ ތަޅުމާއި ބިތްތަކުގައި މުށި ޖެހުން. (ތަޅުމުގައި ޖަހާނީ ތަޅުމަށް ޚާއްޞަ މުށްޓެވެ. ބިތްތަކުގައި ޖަހާނީ ބިތުގައި ޖެހުމަށް ޚާއްޞަ މުށްޓެވެ.)
 5. ފާޚާނާ ސެޓް ހަރުކުރުން (ފާޚާނާތަށި، މޫނުދޮންނަތަށި، އިސްކުރު، މުސްމިލް ޝަވަރ، މޫނުދޮންނަތަށީގެ އިސްކުރު ،މޫނުބަލާ ލޯގަނޑުހަރުކުރުން)
 6. ކެންޓީނުތެރެއަށް ސީލިން ސާފޭސް މައުންޓް 08 ލައިޓް ހަރުކުރުމާއި ކޮންމެ ފާޚާނާއެއްގައި ސީލިންގ ސާފޭސް މައުންޓް ލައިޓެއް ހަރުކުރުމާއިއެކު ފާޚާނާތަކުގެ އަދި ކެންޓީނުގެ އެތެރޭގެ ލައިޓްތަކުގެ ސްވިޗްތައް ކޮންޓްރޯލް ރޫމުގައި ހަރުކުރުން.
 7. ކެންޓީނުގެ ބޭރުން އުތުރުފަރާތާއި އިރުމަތިފަރާތު އަސްކަނީގައި 10 ސީލިންގ ސާފޭސް މައުންޓް ލައިޓާއި ޕާކުތެރެއިން ކެންޓީނުގެ އަސްކަނީގައި 02 ސީލިންގމައުންޓް ލައިޓް ހަރުކޮށް އެތަކެތި ދިއްލާ ސްވިޗް ކޮންޓްރޯލް ރޫމުގައި ހަރުކުރުން.
 8. ކެންޓީނު އެތެރޭގައި 2 ގޭންގްގެ 3 ސޮކެޓް ހަރުކުރުން.
 9. ޕާކުގެ ނަން ބޯޑުގެ ލައިޓާއި އެތެރޭގެ ގާޑަންލައިޓްތަކުގެ ސްވިޗްތައް ކޮންޓްރޯލް ރޫމްގައި ހަރުކުރުން. (ގާޑަންލައިޓްތައް ދިއްލުމަށް ވަކި ސްވިޗެއް، ނަންބޯޑު ދިއްލުމަށް ވަކި ސްވިޗެއް ހަރުކުރުން).
 10. ޕާކުތެރޭގެ ދިއްލުންތަކުގެ ސްވިޗްތަކާއި ޑީބީ ކޮންޓްރޯލް ރޫމުގައި ހަރުކުރުން.
 11. 01 ޑީބީ ހަރުކުރުން. (32 އެމްޕީގެ އީއެލްސީބީ، 32 އެމްޕީގެ އެމްސީބީ، 16 އެމްޕީގެ 5 ސާކެޓް، 06 އެމްޕީގެ 5 ސާކެޓް، 10 އެމްޕީގެ 5 ސާކެޓް)
 12. 3 ފޭސް ޑިޖިޓަލް ކަރަންޓް މީޓަރެއް ހަރުކުރުން.
 13. ކެންޓީނާއި ދެ ފާޚާނާ އާއި ޕާކުތެރޭގެ ފެންވައިރިން އަޅައި، ތަކެތި ހަރުކުރުމާއި ފާޚާނާތައް ނަރުދަމާ ނިޒާމާއި ގުޅާލުން.
 14. ޕާކުގެ ގަސްތަކަށް ފެންދިނުމަށް ދެ އިސްކުރު ހަރުކޮށް ފެންވައިރުކުރުން. ( ފާޚާނާގެ ދެކުނުން އިސްކޫރަކާއި ޕާކުގެ ހުޅަނގު އުތުރުކަނަށް ފެން އިސްކުރެއް ލުން)
 15. ދެ ފާޚާނާއަށާއި ކެންޓީނަށް އަދި ޕާކުގެ ފެން އިސްކުރުތަކަށް ސަޕްލައިފެން ވައިރުކުރުން.
 16. މިއިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، ޕާކުގައި ހަރުކުރާ ތަކެތީގެ ބޭސްމަންޓްތަކުގައި ފެހިކުލައިގެ ގްރާސް ކާޕެޓް އެޅުމާއި ފްލޯމެޓް އަޅަން ބުނެފައިވާ ބޭސްމަންޓްގައި ނޫކުލައިގެ ގްރާސްކާޕެޓް އެޅުން.
 17. އުނދޯލި ހަރު ވެލްޑްކޮށް ދަވާދުލައި އުނދޯލިގޭގައި އިންދުން. (އުދޯލި ހަރުގެ ކޮންމެ ފަޔަކަށް 1*1 ފޫޓުގެ ބުޑެއް އެޅުން)
 18. އުނދޯލިގެ ކޮޅަށްޖެހުމަށް ކޮންކްރިޓްކޮށްފައިވާ ތަނބުތަކުގައި ލަކުޑި ޑިޒައިން ދަވާދުން ހެދުން.
 19. އުނދޯލިގޭގެ ދެކޮޅުގައި ބަހައްޓާ ދެ ޖޯލިފަތި ހަދާ ހަރުކުރުން. (މިހާރު ހުރި ޖޯލިފަތިތަކާއި އެއް ސައިޒްގެ ޖޯލިފަތި)
 20. ޕާކުގެ ބޭރުން އުތުރުފަރާތުގެ ޕޭމަންޓްމަތީގައި ބެހެއްޓުމަށް ހަދާފައިވާ ޖޯލިފަތިތަކުގައި މުށިކުލައިގެ ދަވާދުލުމާއި ޖޯލިތައް ގަތައި ޕޭމަންޓްމަތީގައި ހަރުކުރުން.
 21. ޖޯލިތަށް ގަތާނީ އެކަމަށް ޚާއްޞަކޮށްފައިވާ މޮޅު ނަނުން.
 22. ޕާކުތެރޭގައި އުނދޯލިގެ އާއި ޖޯލިފަތި ބަހައްޓަން ބުނެފައިވާ ސަރަޙައްދުގައި 4 އިންޗި ބޯމިނުގައި ކަށިވެލިލުން.
 23. ޕާކުގެ ވޯކްވޭތަކުގައި ޕޭވްމަންޓް ގައު އެތުރުން.
 24. ޕާކުގައި ދޮންވެލިލާން ބުނެފައިވާ ސަރަޙައްދުގައި ހުދުސަތަރި އަޅައި 8 އިންޗި ބޯމިނުގައި ހިމުން ދޮންވެލިލުން.
 25. ޕާކުގެ ކަރަންޓް ވައިރިން އެޅުމާއި ވައިރިންގެ މަސައްކަތްތައް ނިންމައި ގާޑެންލައިޓްހަރުކޮށް ޕާކުދިއްލުން. (ގާޑެން ލައިޓްތަކަށް ކަރަންޓް ވައިރު އަޅާ ނިމިފައި)
 26. ޕާކުގެ ނަން ބޯޑުގެ ދިގުމިނަށް އެލްމިނިއަމް ޔޫ ފަތި ހަރުކޮށް، މަތީ އަކުރުބަރިއަށާއި ތިރީ އަކުރުބަރިއަށް ވަކިން ލައިޓްހަރުކޮށް ދިއްލުން. (ވޯޓަރޕްރޫފް އައުޓްޑޯ އާރުޖީބީ ރޯޕްލައިޓް)
 27. ޕާކުގެ ވަށާފާރުގައި ރޯޕްލައިޓް ހަރުކޮށް ދިއްލުން. (ވޯޓަރޕްރޫފް އައުޓްޑޯ އާރުޖީބީ ރޯޕްލައިޓް)
 28. ގޮނޑިތަކުގެ ކޮންކްރިޓް މަސައްކަތްތައް ނިންމުމާއި ގޮނޑިތަކުގެ ލަކުޑި މަސައްކަތްތައް ނިންމާ ވުޑްޑައިކުރުން. (ކޮންކްރިޓް ގޮނޑިތަކުގެ މަސައްކަތްތައް ނިމިފައިވާ މިންވަރު ބެލުން)
 29. ޕާކުގެ ފައުންޓެއިން އިންނަ ސަރަޙައްދު ފާހަގަކޮށް އެސަރަޙައްދަށް ދޮންވެލިލުން.
 30. ޕާކަށް 3 ފޭސް ކަރަންޓް ލުން. (މަގުމަތީ ޑީބީން ޕާކަށް ފެނަކައިން ޤަބޫލްކުރާ ފެންވަރުގެ ކަރަންޓް ކޭބަލްއެޅުން)
 31. ޕާކުގެ ނަންބޯޑުގެ ފުރަގަހުގައި މިކައުންސިލުންދޭ ކުރެހުމެއް ކުރެހުން.
 32. ޕާކުގެ ވަށައިގެން ޖަހާފައިވާ ފެންސާއި ޕާކުގެ ފާރާއި ދެމެދު ސާފުކޮށް ފެންސް ނަގައި ކައުންސިލުން ދައްކާ ތަނަކަށް ޖަމާކުރުން.

ބިޑް ރަޖިސްޓްރޭޝަން

2022 މެއި 25 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ info@raamaduvvari.gov.mv / azhar@raamaduvvari.gov.mv އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 1. ވިޔަފާރީގެ ނަން
 2. ވިޔަފާރި ރަޖިސްޓްރީ ނަންބަރު
 3. ވެރިފަރާތުގެ ނަމާއި އެޑްރެސް
 4. ވެރިފަރާތާއި ގުޅޭނެ ނަންބަރު
 5. އީމެއިލް އެޑްރެސް

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

 • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
 • އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
 • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

“ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

 • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 • ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 • ކުންފުނީގެ ޕްރޮފައިލް
 • ތަޖުރިބާގެ ލިޔުންތައް
 • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
 • މާކްސް ދެވޭގޮތުގެ ތަފްސީލު:
 1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
 • އަގު %85
 • މުއްދަތު %10
 • ތަޖުރިބާ %5
 1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
 2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
 3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 މެއި 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

 1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
 2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.