މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

1443 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ


 

1443 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވަނީ 127 ޕަކެޓް ކަދުރެވެ. އޭގެ ތެރެއިން 1443 (2022) ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ (11 ގޭބިސީން) ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު ބާކީ ހުރި 116 ޕަކެޓް ބަހާނީ، ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުން، 116 ޕަކެޓް ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓެވެ.

 

ކަދުރު ބެހުން ކުރިއަށްދާނީ 2022 ޖޫން 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:15 ން 13:30 އަށް، މިއިދާރާގެ ކައުންޓަރުންނެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

19  ޖޫން  2022