މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަސްޖިދުލް ޢުލާ މަރާމާތުކުރުން


ޕްރޮޖެކްޓް ނަންބަރު PRO/308/2022/06

 

ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. މަސްޖިދުލް ޢުލާގެ ވަށާ ފާރާއި މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި އިސްކުރުބަރީގެ އެތެރެއާއި ބޭރު ފާރުތަކާއި މުންނާރުގައި ކުލަލުން.
  2. މިސްކިތުގެ އެތެރެއާއި ބޭރު ސީލިންގ އަދި އިސްކުރުބަރީގެ ސީލިންގގައި އިންޓީރިއަރ މޮޅު ހުދުކުލަލުން.

ކުލަ ކޯޑުތައް:

  • ފާރުތަކުގެ ކުލަ  (243,228,206,255)  rgba     #f3e4ce hex
  • ތަނބުތަކުގެ ކުލަ   (227,213,194,255)  rgba     #e3d5c2 hex
  • ތަނބުބުޑުތަކުގެ ކުލަ (204,176,152,255)  rgba     ccb098# hex
  1. އެތެރޭގެ ފާރުތަކުގައި ލާންވާނީ އެތެރޭގައި ލުމަށް ޚާއްޞަ ކުލައެވެ.
  2. ބޭރު ފާރުތަކުގައި ލާންވާނީ ބޭރުގައި ލުމަށް ޚައްޞަ ކުލައެވެ.
ރަޖިސްޓްރީކުރުން2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ info@raamaduvvari.gov.mv / ahmed@raamaduvvari.gov.mv އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

·         ވިޔަފާރީގެ ނަން

·         ވިޔަފާރި ރަޖިސްޓްރީ ނަންބަރު

·         ވެރިފަރާތުގެ ނަން

·         ވެރިފަރާތާއި ގުޅޭނެ ނަންބަރު

·         އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުންމި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: ahmed@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް·         2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަގު ހުށަހަޅަންވާނީ ލީޓަރަކަށްޖެހޭ ރުފިޔާގެ ރޭޓުންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މަސްޖިދުލް ޢުލާ މަރާމާތުކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

 

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • ވިޔަފާރީގެ ޕްރޮފައިލް
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

  • އަގު %85
  • ތަޖުރިބާ %5
  • މުއްދަތު %10
  • އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  • އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
  • ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

 

  • ބިޑް ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
  • މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.