މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ!


ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 2022 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.