މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢުގެ މަޢުލޫމާތު ހިއްޞާކުރުން


އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރަށުގައި 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ގައި ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިބައްދަލުވުމުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެ، މިމަޢުލޫމާތުތައް ލިބިގަތުމަކީ މިކައުންސިލާއި ފެނަކަ އިންސްޓިޓިއުޓްގެ ވަރަށްބޮޑު އެދުމެކެވެ. މިބައްދަލުވުން އޮންނާނީ އިރުވެލި މާލަމުގައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.