އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢުގެ މަޢުލޫމާތު ހިއްޞާކުރުން

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރަށުގައި 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ގައި ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިބައްދަލުވުމުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެ، މިމަޢުލޫމާތުތައް ލިބިގަތުމަކީ މިކައުންސިލާއި ފެނަކަ އިންސްޓިޓިއުޓްގެ ވަރަށްބޮޑު އެދުމެކެވެ. މިބައްދަލުވުން އޮންނާނީ އިރުވެލި މާލަމުގައެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން 2022 އޮގަސްޓް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓާއި މި އިންތިޚާބާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢާއްމު އުސޫލު މިއިޢުލާނާއިއެކު ޢާއްމުކުރީމެވެ. މިއިންތިޚާބުގެ ވޯޓުލުން މަޑުއްވަރީގައި ކުރިއަށްދާނީ އިރުވެލި މާލަމުގައެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ރ.މަޑުއްވަރީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ “ދުޅަހެޔޮ ހަށިހެޔޮ” ކަސްރަތު ޕްރޮގްރާމާއި ގުޅޭ!

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން މުޖުތަމަޢުގައި ހިމެނޭ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރ މެދުވެރިކޮށް ހިންގާ “ދުޅަހެޔޮ ހަށިހެޔޮ” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ރ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ … Read more

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހޯދުން

ރ. މަޑުއްވަރީ “ސައިމާވިލާ” ކިޔާ ގޯއްޗަށް ހައްދައިދީފައިވާ ނަންބަރު  R-2/2009/51 (09  ޖޫން 2009) ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން، އަލުން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުމަށްވަނީ މިކައުންސިލަށް ހުށަހަޅާފައެވެ.   ވީމާ، މިދެންނެވި “ސައިމާވިލާ” ގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 30 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި … Read more

1443 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

  1443 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވަނީ 127 ޕަކެޓް ކަދުރެވެ. އޭގެ ތެރެއިން 1443 (2022) ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ (11 ގޭބިސީން) ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު ބާކީ ހުރި 116 ޕަކެޓް ބަހާނީ، ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުން، 116 ޕަކެޓް ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް 1 … Read more

1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމާއި ގުޅޭ

  މޫސުން ތަންދޭނަމަ، މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި، ރަށުގެ ދެކުނު ފަރާތު ބަނދަރު ސަރަޙައްދުގައި، ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ޢީދު ނަމާދުގެ ފަހުން، ރަށުގެ ކުދި ބޮޑު އެންމެން އެކުގައި އެސަރަޙައްދުގައި ހެނދުނުގެ ސައި ބުއިމުގެ އިންތިޒާމްވެސް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ.   ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ. ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވެހިކަލް ނުވެއްދުމާއި، ޕާކުކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި … Read more

ރަމަޟާން މަހު ރަށުގެ މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ޞަދަޤާތްކުރުމާއި ގުޅޭ

  ކޮވިޑް-19 އާއި ގުޅިގެން ފާއިތުވެދިޔަ ދެއަހަރު، ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. އެހެންނަމަވެސް، މިއަހަރުގެ ރަމަޟާން މަހާއި އަޅުގަނޑުމެން ބައްދަލުކުރާއިރު، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވާތީ، މާތްﷲ ގެ އިރާދަފުޅުން، ރަށުގެ މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އެކަމުގައި ހުރަހެއް ނެތް ވާހަކަ ދަންނަވަމެވެ.   ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައި ވީނަމަވެސް، މިސްކިތަށް ގެންނަ … Read more

ތެޔޮވިއްކުމަށް ޚާއްޞަ ޞަރަހައްދެއް ކަނޑައެޅުން

މިކައުންސިލްގެ 2021 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 24 ވަނަ ޢާއްމުޖަލްސާއިން، ރ.މަޑުއްވަރީ، ގްލޯރިއާ، މޫސާ މައުރޫފަށް ދޫކޮށްފައިވާ، ފަހިވައި އިންވެސްޓުމަންޓުގެ ތެޔޮގުދަން ކުރިމަތިން ތެޔޮވިއްކުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެއް ކަނޑައަޅައި ބޯޑު ޖެހުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. އެހެންކަމުން ފަހިވައި އިންވެސްޓުމަންޓުގެ ތެޔޮގުދަން ކުރިމަތިން ތެޔޮއެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި، ތެޔޮއެޅުމަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ދޯނިފަހަރު އަޅާފައި ބޭއްވުމާއި، އެނޫން ބޭނުންތަކަށް އެސަރަޙައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން … Read more

މާލެ ސަރަޙައްދުން ރަށަށް ދަތުރުކުރާ ފަރާތްތަކާއި ގުޅޭ!

  މިދުވަސްވަރަކީ މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، ވެކްސިން ޑޯޒްތައް ފުރިހަމަވެ، 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ، 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ނޫނީ ދަތުރު ނުކުރެވޭނެކަމާއި، ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ނޫނީ ދަތުރު ނުކުރެވޭނެކަމަށް  ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އަންގާފައެވެ.   އެހެންނަމަވެސް، ބައެއް ފަރާތްތަކުން، ޕީސީއާރު ނަތީޖާ ނުލިބެނިސް ރަށަށް … Read more

އާއަހަރު ފެށުމާއި ސްކޫލް ބަންދާއި ދިމާކޮށް ރަށަށް ދަތުރުކުރަމުންދާ ފަރާތްތަކާއި ގުޅޭ!

  އާއަހަރު ފެށުމާއި، ސްކޫލް ބަންދުވެ ޗުއްޓީއާއި ދިމާކޮށް، ގިނަ ބަޔަކު ރަށަށް ދަތުރުކުރަމުންދާތީ ދަންނަވަމެވެ. ކޮވިޑް-19 ބަލި ފެތުރެމުންދާ ރަށްރަށުންނާއި މާލެއިން މަޑުއްވަރީއަށް ދަތުރުކުރަމުންދާ ފަރާތްތަކުން މިހާރަކަށް އައިސް ހުއްދަ ނުހޯދައި ދަތުރުކުރާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންނާއި، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން، މާލެއިންނާއި ބަލިއުޅޭ އެހެން ރަށްރަށުން ދަތުރުކުރުމުގައި ޢަމަލުކުރަންވީ ގޮތް ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް ހަނދާންކޮށްދެމެވެ.   އެހެންކަމުން، ކޮވިޑް-19 … Read more