ރައްޔިތުންގެ ބައްދަލުވުމާއިގުޅޭ

ކައުންސިލްގެ 2021  ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި ކުރެވުނު މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޢުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުން 2022 ފެބުރުވަރީ 28 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 21 ފެބުރުވަރީ 2022

ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަހާއި ތަކެތި ނެގުން

ރަށުގެ ދެކުނު ފަރާތުގައި އާބަނދަރެއް ތަރައްޤީވެގެންދާއިރު، އެސަރަޙައްދުގެ ބިންތަކާއި މަގުތައް ޕްލޭންކުރުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ބިންތަކާއި މަގުތައް ވަކިކުރުމަށްޓަކައި، ބަނދަރާއި އިންވެގެން އޮތް ބިންތަކާއި މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސްތަކާއި ދަރުފުނިތަކާއި، އެނޫންވެސް ތަކެތި ނަގައި، ބިން ސާފުކުރުމަށް ބޭނުންވެއެވެ. އެހެންކަމުން، މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، އަމީނީމަގުގެ އިރުމަތިން ފެށިގެން ފެންޕްލާންޓާއި ހަމައަށް، ތިރީގައިވާ ޗާޓުގައި ނަންބަރުޖަހާ ފާހަގަކޮށްފައިވާ ޞަރަހައްދުތަކުގައި ހުރި ރުއްގަހާއި ދަރާއި އެހެނިހެންވެސް ތަކެތީގެ ވެރިފަރާތެއްވާނަމަ، 2022 … Read more

ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން އަޅާ ފިޔަވަޅުތަށް ޢާންމުކުރުން

ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތަކެއް މިރަށުން ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ތިރީގައި މިބަޔާންކުރާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.   ޒަރޫރީ ބޭނުމަށް ފިޔަވައި ގެއިން ބޭރުގައި ނޫޅުން. ގެއިންބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވުން. ސްކޫލްތަކާއި ތަޢުލީމީ މަރުކަޒުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން (މިކަން ނިންމާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން). ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތްދިނުން. ސެލޫން އަދި ބޯކޮށާ ތަންތަން … Read more

ކޮވިޑް-19 ގެ ޙާލަތަށް ދީފައިވާ ލުއިތަކާއެކު، އެޗް.ޕީ.އޭގެ އެންގުންތަކާއި އުޞޫލުތަކަށް ރައްޔިތުން ސަމާލުވުން

ކޮވިޑް-19 ގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ދީފައިވާ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.   ސްކޫލް ޗުއްޓީއާއި ޢީދު ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކުރެއްވުމަށް ރަށަށް ދަތުރުކުރައްވާ ބައެއް ފަރާތްތަކުން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯއްދެވުމަށްފަހު ދަތުރާއި ބެހޭ މަޢުލޫމާތު މިކައުންސިލަށް ޙިއްސާނުކޮށް ދަތުރުކުރަމުންދާކަން މިހާރަކަށްއައިސް ފާހަގަކުރެވެއެވެ. އެހެންކަމުން، ދަތުރުކުރުމުގެ ހުއްދަ ލިބުމުން، ދަތުރުކުރާ ތާރީޚާއި، އަދި ފުރުމުގެ ކުރިން … Read more

ރަށުގައި ފުޓްސަލްކުޅޭ ޓީމްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ފުޓްސަލް ދަނޑު ދޫކުރުމުގައި ކުރިން ޢަމަކުކުރަމުންދިޔަ އުސޫލު ބަދަލުކޮށް، ފުޓްސަލް ކުޅޭ ޓީމްތައް ކައުންސިލްގައި ރަޖިސްޓްރީކޮށް، ޓީމްތަކުގެ މެދުގައި ވަޤުތު ބަހާލައިގެން ކޮންމެ މަހަކު ކައުންސިލުން އިޢުލާންކުރާ ތާވަލާއި އެއްގޮތަށް ދަނޑު ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެހެންކަމުން ރަށުގައި ފުޓްސަލްކުޅޭ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމްތައް، 2021 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގެކުރިން ޓީމްތައް ރަޖިސްޓްރީ ކުރެއްވުމަށްވެސް ދަންނަވަމެވެ. ޓީމްތަކަށް އަންނަ ބަދަލު ރަޖިސްޓްރީކުރުމަށް ކޮންމެ މަހަކު އެއްފަހަރު ފުރުޞަތު ދެވޭނެ ވާހަކަ … Read more

ރައްޔިތުންގެ ޚިޔާލު ހޯދުން

ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް (2022 ން 2026 އަށް) ތައްޔާރުކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް 2021 ޖުލައި 16 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. ވީމާ މިބައްދަލުވުމުގައި މަޑުއްވަރީގެ 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން އެންމެހާ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

ދެކުނު ބަނދަރު ހުސްކުރުމާއިގުޅޭ

ދެކުނު ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާތީއާއި ފަޅުގެ ކީވޯލްގައި (މޫދު އަޑީގައި) ކުރަންހުރި ފިނިޝިންގެ މަސައްކަތްތައް ނިންމާލުމުގެ ގޮތުން ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި މުޅި ފަޅު ހުސްކޮށްދިނުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން މިކައުންސިލްގައި އެދިފައިވެއެވެ. ވީމާ، ދެކުނު ބަނދަރުގައި އަޅާފައިވާ އެންމެހާ އުޅަނދުފަހަރު 2021 ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް ނަންގަވައި ދެއްވުން އެދެމެވެ. މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމާއި ގުޅޭ!

މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް ރަށުގެ މިސްކިތްތަކަށް ގޭގެއިން ކާބޯތަކެތި ގެންދިއުމަކީ ވަރަށް ގިނަ ފަރާތްތަކުން ވަރަށް މާތް މަޤްޞަދެއްގައި ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއެކު، މިސްކިތްތަކުގައި ގިނަ ބަޔަކު އެއްވެ ކެއިން ބުއިމުގެ ކަންކަން ކުރުމަކީ މިވަގުތަށް އެންމެ ރައްކާތެރިކަމަކަށް ނުވާނެތީއާއި، މިސްކިތުގެ ސާފުތާހިރުކަމަށް އިސްކަންދީ މިސްކިތް ސާފުކުރުމަށް މަސައްކަތު މީހުންނަށް ވަގުތު ދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ … Read more

އުނގޫފާރަށް ދަތުރުކުރި ފަރާތްތައް ކަރަންޓީންވުމަށް ހަނދާންކޮށްދިނުން

  ރ.އުނގޫފާރުން މަޑުއްވަރިއަށް ދަތުރުކޮށްފައިވާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. ނަމަވެސް 2 މާރޗުގެ ފަހުން އުނގޫފާރަށް ދަތުރު ކުރި ބައެއް ފަރާތްތަކުން ކަރަންޓީނު ނުވެ ރަށުތެރޭގައި އުޅެމުންދާކަމުގެ ޝަކުވާ ކައުންސިލަށް އަންނަނީ ލިބެމުންނެވެ. އަދި ކަރަންޓީނުވެފައިވާ ފަރާތްތައްވެސް، ގޭގައި ދިރިއުޅޭ އެހެން މީހުންނާއި އެކަހެރިނުވެ، އުޅެމުންދާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.   އުނގޫފާރުން ދަތުރުކުރި ފަހުން 10 ދުވަސް ފުރިހަމަވެފައިވީނަމަވެސް، ސުންކު … Read more

ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅޭ!

  ރ.އުނގޫފާރުން މަޑުއްވަރިއަށް ދަތުރުކޮށްފައިވާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެހެންކަމުން ތިރީގައި މިބަޔާންކުރާ ކަންކަމަށް އެންމެހާ ރައްޔިތުން ސަމާލުކަން ދެއްވުން އެދެމެވެ.   މޮނިޓަރިންގެ ޙާލަތުގައި ރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ. ޒަރޫރީ ބޭނުންތަކަށް ފިޔަވައި، ގެއިން ބޭރަށް ނުނިކުތުމާއި، ޒަރޫރީ ބޭނުމަކަށް ނިކުންނަ ނަމަވެސް، މާސްކުއެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން ފަދަ ރައްކާތެރި ފިޔަވަޅުތައް … Read more