1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރުމާއި ގުޅޭ!

އިޢުލާން ނަންްބަރު
(IUL)308/2023/32
ތާރީޚް
ޕަބްލިޝްކުރި: 22/06/2023
ސުންގަޑި:
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރުން އޮންނާނީ މަސްޖިދުލް ޢުލާގައެވެ.

ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. ވެހިކަލް ވަނުން މަނާ ސަރަޙައްދަށް ވެހިކަލްގައި ނުވަނުން. (ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް އިސްތިސްނާވާނެއެވެ.)
  2. ވެހިކަލް ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ވެހިކަލް ޕާކުކުރުން.
  3. ކުރިން ވަޑައިގަންނަވާ ބޭފުޅުން ކުރީ ސަފުތައް ފުރަމުން ގެންދިއުން.
  4. އެސަރަޙައްދުގައި ޙަރަކާތްތެރިވާ، ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި މިސްކިތު މުވައްޒަފުންނާއި ކުލަބު ޖަމްޢިއްޔާތަކާއި ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން.

އަޟްޙާ ޢީދު ދުވަހުގެ ޢީދު ނަމާދާއި، ޢީދު ދުވަހުގެ ހެނދުނުގެ ސައިފޮދުގައި ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި އެންމެހާ މެހެމާނުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.