ރ. އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ބާއްވާ އޮޑިޝަންއާއި ގުޅޭ!

އިޢުލާން ނަންްބަރު
(IUL)308/2023/38
ތާރީޚް
ޕަބްލިޝްކުރި: 02/08/2023
ސުންގަޑި: 07/08/2023
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރ.އަތޮޅު ޤުރްއާން މުބާރާތުގައި މަޑުއްވަރީ ތަމްޞީލްކުރާނެ ބައިވެރިން ހޮވުމަށް އޮޑިޝަނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އޮޑިޝަން ކުރިއަށްދާނީ 2023 އޮގަސްޓް 7 ވާ ހޯމަ ދުވަހު އިރުވެލި މާލަމުގައެވެ. އޮޑިޝަން ކުރިއަށްދާނީ ތިރީގައި ބަޔާންކުރާ ގަޑިތަކުގައެވެ.

 

ހަވީރު 16:30 ން 18:00 އަށް،     ރޭގަނޑު 20:30 ން 22:00 އަށް،

 

ރ.އަތޮޅު ޤުރްއާން މުބާރާތުގެ މުޤައްރަރާއި މުބާރާތުގައި ބައިވެރިވުމަށް ބައިވެރިން ހޮވުމަށް ކަނޑައަޅާފައިވާ ޢަދަދުތައް ތިރީގައި އެވަނީއެވެ.

ރ.އަތޮޅު ޤުރްއާން މުބާރާތުގެ މުޤައްރަރު 2023

# ކީސްޓޭޖްތައް ނުބަލާ ބަލައިގެން
ފެށޭކޮޅު ނިމޭކޮޅު ފެށޭކޮޅު ނިމޭކޮޅު
1 ފައުންޑޭޝަން ފާތިޙާ 1 – ބަޤަރާ 77 އަޢްލާ 1 – ނާސް 6 1 ވަނަ ފޮތް 30 ވަނަ ފޮތް
2 ކީސްޓޭޖް 1 1 ވަނަ ފޮތް 30 ވަނަ ފޮތް ފޮތް 1 – 3 ފޮތް 28 – 30
3 ކީސްޓޭޖް 2 ފޮތް 1 – 3 ފޮތް 28 – 30 ފޮތް 1 – 7 ފޮތް 24 – 30
4 ކީސްޓޭޖް 3 ފޮތް 1 – 5 ފޮތް 26 – 30 ފޮތް 1 – 10 ފޮތް 21 – 30
5 ކީސްޓޭޖް 4 ފޮތް 1 – 7 ފޮތް 24 – 30 ފޮތް 1 – 15 ފޮތް 16 – 30
6 ކީސްޓޭޖް 5 ފޮތް 1 – 10 ފޮތް 21 – 30 ފޮތް 1 – 30
7 18 އަހަރުން މަތި ފޮތް 1 – 15 ފޮތް 16 – 30 ފޮތް 1 – 30

 

ރ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާ ޢަދަދު

# ކީސްޓޭޖްތައް ނުބަލާ ބަލައިގެން ޖުމްލަ
1 ފައުންޑޭޝަން 2 2 4
2 ކީސްޓޭޖް 1 2 2 4
3 ކީސްޓޭޖް 2 2 2 4
4 ކީސްޓޭޖް 3 2 2 4
5 ކީސްޓޭޖް 4 2 2 4
6 ކީސްޓޭޖް 5 2 2 4
7 18 އަހަރުން މަތި

(ބައިވެރިވާ މުއައްސަސާތަކުން)

1 1 2

 

އެހެންކަމުން، ރ. އަތޮޅު ޤުރްއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި އިރުވެލި މާލަމަށް ވަޑައިގެން އޮޑިޝަންގައި ބައިވެރިވެ ދެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.