މަސްކައްކާ ހިއްކުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން ނަންްބަރު
(IUL)308/2023/51
ތާރީޚް
ޕަބްލިޝްކުރި: 09/11/2023
ސުންގަޑި: 20/11/2023
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2023/10

މިދަންނަވާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

މުޙިއްމު ނުކުތާތައް

  1. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  2. ބިޑް ހުށަހެޅޭ އެންމެ ކުޑަ އަގަކީ -/1 (އެކެއް) ރުފިޔާއެވެ.
  3. ކޮންމެ 5 (ފަހެއް) އަހަރަކުން އަކަފޫޓަކަށް ކުއްޔަށް ނަގާ މިންވަރު 50 (ފަންސާސް) ލާރި އިތުރުކުރެވޭނެއެވެ.
  4. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
  5. މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
  6. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
  7. މިބިންތަކުގައި ކުރެވޭނީ މަސްކައްކާ ހިއްކުމާއި މަސް ލޮނުއެޅުމާއި މަސްއަވީލުމާއި މަސް ބަންދުކުރުމާއި މަސް ޕްރޮސެސްކުރުމާއި މިނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކެވެ.
  8. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
  9. ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 4 (ހަތަރެއް) މަސްދުވަސްތެރޭގައި ބިމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ފަށަންވާނެއެވެ.
  10. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 5 (ފަހެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
  11. މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
  12. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިއެކި ކަންކަމަށް ކުރި ޚަރަދުގެ ތަފްސީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  13. ބިންތައް އޮތް ސަރަޙައްދު އެނގޭނެ ޗާޓް މިއިޢުލާނުގައި ހިމެނިފައިވާނެއެވެ.

 

# ބިން އޮތް ސަރަޙައްދު ބިމުގެ ނަން އަވަށް ކޮށީ ނަންބަރު ތަރުތީބު ނަންބަރު އަކަފޫޓް
1  

 

މަސްކައްކާ ހިއްކާ ސަރަޙައްދު

 

 

މަސްކައްކާ ހިއްކާ ބިން

 

 

އިރުމަތި

 

 

ބީ – 9

612 1800.00
2 613 1800.00
3 614 1800.00
4 615 1800.00
5 616 1800.00
6 617 1800.00

 

ރަޖިސްޓްރީކުރުން 2023 ނޮވެންބަރު 19 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މަސްކައްކާ ހިއްކުމަށް ބިން ކުއްޔަށް ދޫކުރާ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 ނޮވެންބަރު 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2023 ނޮވެންބަރު 20 ވާ ހޯމަ ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މަސްކައްކާ ހިއްކުމަށް ބިން ކުއްޔަށް ދޫކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %80
  • މާލީ ޤާބިލުކަން %10
  • އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު %10
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.