އިޢުލާން
މިހާރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ބަލިބަޑުކަމާއި ގުޅިގެން ބިދޭސީން އެބައްޔަށް ސްކްރީންކުރުމުގެ މަސައްކަތްކުރުމަށާއި މިކައުންސިލްގެ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށްޓަކައި މިހާރު މިރަށުގައި ދިރިއުޅޭ ބިދޭސީން ދެނެގަންނަން ބޭނުންވެއެވެ.
ވީމާ، މިރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ވޯކް ޕާމިޓާއި ވޯކްވިސާ އާއިއެކު ކައުންސިލަށް ރިޕޯޓްކުރެއްވުން އެދެމެވެ. އަދި ބިދޭސީން ގެއްގުޅުއްވާ އެންމެހާ ފަރާތްތަކުން، 2024 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުން ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތު މިކައުންސިލާއި ޙިއްސާކުރުމަށް ދަންނަވަމެވެ.