އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާގުޅޭ

އިޢުލާން ނަންްބަރު
(IUL)308/2023/63
ތާރީޚް
ޕަބްލިޝްކުރި: 26/12/2023
ސުންގަޑި: 04/01/2024
ޝެއަރ ކުރައްވާ
އިޢުލާން

ރ. މަޑުއްވަރީގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ. (މަޑުއްވަރީގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މަޑުއްވަރީގައި ދިރިއުޅޭ މީހުން)
  2. މަޑުއްވަރީ ކައުންސިލުން އިޖުތިމާޢީ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ކޮންމެ ސަރަޙައްދެއް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން.
  3. ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ މަޑުއްވަރީ ކައުންސިލުން ޢަމަލުކުރަމުންދާ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
  4. މަޑުއްވަރީ ކައުންސިލުން ކަނޑައަޅާފައިވާ އިޖްތިމާޢީ ސަރަޙައްދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
  5. އިޖްތިމާޢީ ސަރަޙައްދުގެ ބޮޑުމިން: 556275 އަކަފޫޓު
  6. މަސައްކަތުގެ މުއްދަތު: 2 އަހަރު
  7. ސާފުކުރުން ކަމުގައި ބަލަނީ އިޖްތިމާއި ޞަރަޙައްދަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
  8. އިޖްތިމާއީ ޞަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދުގައި އިންދާފައިވާ ނުވަތަ ފަޅައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަން ވާނީ ކައުންސިލުގެ ހުއްދަލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
  9. އިޖްތިމާއީ ޞަރަޙައްދުން ސާފުކޮށްގެން ނަގާކުނި ދުވަހުން ދުވަހަށް ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައުކުޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާތަނަކަށް އަޅަންވާނެއެވެ.
ރަޖިސްޓްރީކުރުން 2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2024 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އިޖުތިމާޢީ ސަރަޙައްދު ސާފުކުރުން “

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %90
  • ތަޖުރިބާ %10
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.