ޕްރޮޖެކްޓް ނަންބަރު PC/308/2024/01
މިކައުންސިލްގެ އައިސް ޕްލާންޓަށް ބޭނުންވާ 8000 (އަށްހާސް) ލީޓަރ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މުޙިއްމު ނުކުތާތައް
- ރ. މަޑުއްވަރީ އައިސް ޕްލާންޓަށް ސަޕްލައިކުރާ ޑީސަލަކީ އެސްޓީއޯއިން ކޮލިޓީ ގެރެންޓީ ކޮށްފައިވާ، ރަނގަޅު ކޮލިޓީގެ ޑީސަލް ކަމުގައި ވާންވާނެއެވެ.
- ޑީސަލް ސަޕްލައިކުރުމުގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަވިކަމަށް ބަލާނީ ޑީސަލް ހޯދުމަށް އެދުނު ޢަދަދަށް، ރ. މަޑުއްވަރީ އައިސް ޕްލާންޓްގެ ޑީސަލް ޓޭންކަށް، ޑީސަލް އަޅައި ޑެލިވަރީ ނޯޓުގައި ވެރިފަރާތުން ސޮއިކުރުމުންނެވެ.
- މަސައްކަތުގެ ރައްކާތެރިކަމާއި ފަރުވާތެރިކަން ކަށަވަރު ނުކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި ޙާދިސާ ތަކުގެ ޒިންމާ އުފުލާނީ ކޮންޓްރެކްޓަރެވެ.
- މަސައްކަތުގެ ބޭނުމަކަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ހުއްދައެއް ނަގާ ނުވަތަ ފީއެއް ނުވަތަ ޖުރިމާނާ އެއް ދައްކަން ޖެހިއްޖެނަމަ އެކަމެއް ކުރާނީ ކޮންޓްރެކްޓަރެވެ.
- ޑީސަލް އެޅުމަށްފަހު ޑެލިވަރީ ނޯޓުގައި ސޮއިކުރުވުމަކީ ކޮންޓްރެކްޓަރުގެ މަސްޢޫލިއްޔަތެވެ.
- ޑީސަލް ތާންގީއަށް ޑީސަލް އަޅަންވާނީ ވެރިފަރާތުން ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު، ޑީސަލް ބަލައި ޗެކްކުރުމަށްފަހު އެމީހެއްގެ ނުވަތަ އެބައެއްގެ ޙާޟިރުގައެވެ.
ރަޖިސްޓްރީކުރުން |
2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ޑީސަލް ސަޕްލައިކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: info@raamaduvvari.gov.mv |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
– އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
– އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
– ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
“ޑީސަލް ސަޕްލައިކުރުން”
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
– ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
– އަންދާސީ ހިސާބު ހުށަހަޅާ ފޯމް
– ޓެކްސް ކްލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
– އަގު %85
– މުއްދަތު
– ތަޖުރިބާ %5
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ތަޖުރިބާ %5 ، މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.