ރ.ކިނޮޅަހު އޯޝަންވިލާ ޙާމިދު އިސްމާޢީލް، ރ.އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އެބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވާލާފައިވާ ފުރުޞަތާއި ގުޅިގެން ދަންނަވަމެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 40 އަހަރު ފުރި މާލީތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު ވެވިފައިނުވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށްއެދޭ މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުން މިކައުންސިލަށް 2024 ފެބުރުވަރީ 07 ވާ ބުދަދުވަހުގެ ނިޔަލަށް ސިޓީއަކާއިއެކު އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައެޅުއްވުން އެދެމެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިއަށް ގެންދެވޭނީ ގުރުއަތުލައިގެންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.