ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ކައުންސިލް ދަފްތަރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިފަހަރުގެ މުބާރާތް ދެ ޑިވިޝަނަށް ހުޅުވާލައިގެން ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން މިމުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުޅެވޭނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ ފިތުރު ޢީދު ދުވަހެވެ.
މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، 2024 ފެބްރުވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މުބާރާތުގެ ޓީމުތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އޮންލައިން ފޯމް މެދުވެރިކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ދަފްތަރުގައި ޓީމްތައް ބައިވެރިވުމަށް އެދޭ ފޯމް (ގޫގުލް ފޯމް) ލިންކު ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖު މެދުވެރިކޮށް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.