ބަނދަރުގެ ސަރަޙައްދު ވަކިކުރާ ބޯޑުތައް ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންްބަރު
(IUL)308/2024/14
ތާރީޚް
ޕަބްލިޝްކުރި: 27/02/2024
ސުންގަޑި: 14/03/2024
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2024/05

 

މިރަށު ދެކުނު ބަނދަރުގެ އެކިކަންކަމަށް ކަނޑައަޅާ ސަރަޙައްދުތައް ވަކިކުރާ ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މަސައްކަތްތައް

  • ބަނދަރު ބޯޑުތަކުގެ ފްރޭމްތައް ތައްޔާރުކުރާނީ އެސްއެސް (SUS304) ބޭނުންކޮށްގެންނެވެ. (އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް)
  • ބޯޑުތައް ތައްޔާރުކުރާނީ މިކައުންސިލުންދޭ ފަރުމާ އާއި އެއްގޮތަށް 6މމގެ ޕްލާސްޓިކް ޝީޓުންނެވެ. ބޯޑުގެ ސައިޒަކީ 18”x30” އިންޗިއެވެ.
  • ބޯޑުތަކުގެ ފްރޭމް ބަނދަރުގެ ކޮންކްރިޓް ސްލެބްގައި ހަރުކުރާނީ ހޮޅީގެ ތިރިއަށް އެސްއެސް ފްލެންޖުލައި ބޯލްޓްކޮށްގެންނެވެ. މިބޯލްޓަކީ އެސްއެސް ބޯލްޓަށް ވާންޖެހޭނެއެވެ.
  • ބޯޑުތައް ހަރުކުރާނީ މިކައުންސިލުން ދައްކާ ސަރަޙައްދުތަކުގައެވެ.
  • ކޮންމެ ބޯޑެއްގައި އެކުލެވޭ މެސެޖުތަކާއި ނިޝާންތައް ބޯޑުގެ ދެފަރާތުން އެއްގޮތަށް ފެންނަންވާނެއެވެ.
  • ބަނދަރުގައި ޖަހާނީ 5 މެސެޖު ހިމެނޭ، ޖުމްލަ 10 ބޯޑެވެ.
ރަޖިސްޓްރީކުރުން 2024 މާރިޗު 13 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ބަނދަރުގެ ސަރަޙައްދު ވަކިކުރާ ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 މާރިޗު 13 ވާ ބުދަ ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2024 މާރިޗު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

 

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަގު ހުށަހަޅަންވާނީ މިކައުންސިލްގެ ބިޑް ހުށަހަޅާ ފޯމްގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބަނދަރުގެ ސަރަޙައްދުތައް ވަކިކުރާ ބޯޑުތައް ތައްޔާރުކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %75
  • މުއްދަތު %20
  • ތަޖުރިބާ %5
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބގެ މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.