ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

އިޢުލާން ނަންްބަރު
(IUL)308/2024/18
ތާރީޚް
ޕަބްލިޝްކުރި: 07/03/2024
ސުންގަޑި: 06/04/2024
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

 

1445 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން 1445 ރަމަޟާން 27 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރި ސްލިޕާއި ފައިސާ ދައްކާފައިވާ ގޮތުގެ ތަފްޞީލް (ގޭގެނަމާއި މީހުންގެ އަދަދާއި ގޮވާމުގެ ބާވަތް) ވައިބަރ މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

ފައިސާޖަމާކުރަންވީ އެކައުންޓް ނަންބަރު: 001-700482-7717 (1349 ރެވެނިއު 1)

ވައިބަރ ނަންބަރު:      7939355

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ޢާންމުކޮށްފައިވާ ރޭޓުތަކުންނެވެ.

އެގޮތުން އެއިދާރާއިން ޢާންމުކޮށްފައިވާ ރޭޓުތައް ތިރީގައި އެވަނީއެވެ.

އާދައިގެ  ހަނޑޫ ތައިލެންޑް  ހުދު ހަނޑޫ ރަތް ހަނޑޫ ބާސްމަތީ ހަނޑޫ (އާދައިގެ) ބާސްމަތީ ހަނޑޫ (މޮޅު) ބާސްމަތީ ހަނޑޫ (އެންމެމޮޅު) އާދައިގެ ފުށް އާޓާ ފުށް
12 $

(ބާރަ ރުފިޔާ)

70 $

(ހަތްދިހަ ރުފިޔާ)

80 $

(އަށްޑިހަ ރުފިޔާ)

70 $

(ހަތްދިހަ ރުފިޔާ)

100 $

(އެއްސަތޭކަ ރުފިޔާ)

125 $

(އެއްސަތޭކަ ފަންސަވީސް ރުފިޔާ)

10 $

(ދިހަ ރުފިޔާ)

75 $

(ހަތްދިހަ ފަސް ރުފިޔާ)

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.