ޕްރޮޖެކްޓް ނަންބަރު PC/308/2024/07
ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ވަގުތުން ދުރަށް ދެއްކުމާއި ސައުންޑް ސެޓްކޮށް ބެލެހެއްޓުމާއި މެޗުތަކުގެ ފޮޓޯ ނެގުމާއި ދެޑިވިޝަންގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ޙަވާލުކުރާ ވަގުތު ކޮންފިޓީއަރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މުޙިއްމު ނުކުތާތައް
- މުބާރާތުގެ ހުރިހާ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރ. މަޑުއްވަރީ ފުޓްސަލް ދަނޑުގައެވެ.
- މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.
- އަންހެން ޑިވިޝަނުގައި ކުޅޭނީ ފައިނަލް މެޗާއިއެކު ޖުމްލަ 04 މެޗެވެ.
- ފިރިހެން ޑިވިޝަނުގައި ކުޅޭނީ ފައިނަލް މެޗާއިއެކު ޖުމްލަ 21 މެޗެވެ.
- މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ލައިޓިންގ ސެޓްކުރުން.
- މުބާރާތް ވަގުތުން ދުރަށް ދެއްކުމާއި އެނޫންވެސް މަސައްކަތްތަކަށް ފުޓްސަލް ދަނޑުން ކަރަންޓް ފޯރުކޮށްދެވޭނެއެވެ.
ރަޖިސްޓްރީކުރުން | 2024 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން | މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: info@raamaduvvari.gov.mv |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް | · 2024 މާރިޗު 25 ވާ ހޯމަ ދުވަހުގެ 10:00 އަށް.
· އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ. · އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ. |
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
“ކައުންސިލް ފުޓްސަލް ޗެލެންޖު 2024 އާއި ގުޅޭ”
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކްލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %85
- ތަޖުރިބާ %15
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
- ތަޖުރިބާގެ މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.