ޕްރޮޖެކްޓް ނަންބަރު PC/308/2024/07
މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އުތުރު ބަނދަރު ބައްތިތައް މަރާމާތުކުރުން
- އުތުރު ބަނދަރުގެ އިރުމަތީކޮޅު ބައްތިތަކުގެތެރެއިން އެންމެ އިރުމަތީ ދަނޑީގެ ބައްތި އާއި ރަށްވެހި ޕާކުގެ ހުޅަނގު އުތުރު ކަނުގައި ޖަހާފައިވާ ދަނޑީގެ ބައްތި ބަދަލުކުރުން.
- އުތުރު ބަނދަރުގެ އިރުމަތީކޮޅު ބައްތިތަކުގެތެރެއިން ރަށްވެހި ޕާކާއި ދިމާލުގައިވާ 2 ބައްތީގެ ދެމެދު 44ގެ ކޭބަލްއެޅުން ދެހޮޅިދަނޑި ދެމެދު 60 ފޫޓް ހުންނާނެއެވެ.
- އުތުރު ބަނދަރުގެ ހުޅަނގު ބައްތިތައް ދިއްލައި ނިވުމަށް، އެންމެ ހުޅަނގު ބައްތި ދަނޑީގެ 8 ފޫޓަށްވުރެ ތިރިނޫން ހިސާބެއްގައި ޓައިމަރެއް ހަރުކޮށް ކަރަންޓް ވައިރުކުރުން.
- ބަނދަރު ބައްތިތަކުގައި ހަރުކުރަންވާނީ 150 ވޯޓުގެ ރަތް އަލިން ދިއްލޭ ބައްތިއެވެ.
މަގުބައްތި މަރާމާތުކުރުން
- އަރުތަ ގޯއްޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި ކުރިން ބައްތި އިން ސަރަޙައްދުގައި އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- ދުވެލި ގޯއްޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި މިހާރު އިން ބައްތިދަނޑި ނަގައި، އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- ހުޅަނގު އަވަށުން ތަރުތީބު ނަންބަރު 610، ކުލީ ބިމާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި އިން ބައްތިދަނޑި ނަގައި، އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- ހުޅަނގު އަވަށުން ހަލަވެލިއާގެ އާއި އިންވެގެން ސޯސަންމަގުގައި އިން ލައިޓްދަނޑީގެ ބޭރުން އަޅާފައި އޮތް ކަރަންޓް ވައިރިން ދަޑިތެރެއަށް ބަދަލުކުރުން.
- ނޭޗަރ ޕާކާއި ދިމާލުން ވެލާނާ މަގުގައި މިހާރު އިން ބައްތިދަނޑި ނަގައި، އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- އިރުމަތި އަވަށުން ތަރުތީބު ނަންބަރު 635، ކުލީ ބިމުގެ ކުރިމަތީ މިހާރު އިން ބައްތިދަނޑި ނަގައި، އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- ފުނަމާގެ އާއި ދިމާލުން ކަށިމާހިނގުމުގައި މިހާރު އިން ބައްތިދަނޑި ނަގައި، އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން. ދޭލިޔާހިނގުމުން ސީޕިޔާގެ އާއި އިންވެގެން އިން ޑީބީއިން މި ބައްތި ދަނޑިއަށް 44ގެ ކޭބަލް އެޅުން.
- އައްޔޫޤު ޖަމްޢިއްޔާގެ ގޯތީގެ ހުޅަނގު އުތުރު ކަނުގައި ކުރިން ބައްތި އިން ސަރަޙައްދުގައި އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- އައްޔޫޤު ޖަމްއިއްޔާގެ ގޯތީގެ އިރު ދެކުނު ކަނުގައި ކުރިން ބައްތި އިން ސަރަޙައްދުގައި އައު ދަނޑިއެއްޖަހައި ކަރަންޓް ވައިރުކޮށް ބައްތި ދިއްލުން.
- މިއިންކޮންމެ ބައްތިދަނޑިއަކަށް 16 އެމްޕަޔަރުގެ ސާކެޓް ބްރޭކަރެއް ލާންވާނެއެވެ. ސާކެޓް ހަރުކުރާނީ ބައްތިދަނޑީގެ ތިރީބައިގައި އެކަމަށް ޙާއްޞަކޮށް ކަނޑާފައިވާ ހިސާބުން ދަނޑިތެރޭގައެވެ.
- ބައްތިދަނޑިތައް ހުންނަންވާނީ އެންމެތިރީބައި 5 އިންޗި ދަގަނޑު ހޮޅިން 4 ފޫޓު 6 އިންޗި އުސްމިނުގައެވެ. އަދި ބައްތިދަނޑީގެ މެދުބައި ހުންނަންވާނީ 2.5 އިންޗި ކަލާކުރި ދަގަނޑު ހޮޅިން 6 ފޫޓު 4 އިންޗި އުސްމިނުގައެވެ. މަތީބައި ހުންނަންވާނީ 2 އިންޗި ހޮޅިން 120 ޑިގްރީއަށް ލަންބާފައެވެ. ހޮޅިދަނޑި ހަރުކުރުމަށްޓަކައި ބައްތިދަނޑީގެ ބުޑު ހަދަންވާނީ 120×120×6 އެމްއެމްގެ (ފްލެންޖް) ދަގަނޑު ޝީޓްލައި 4 ކަނުގައި ބޯލްޓްކުރެވޭގޮތަށެވެ. މި ބޯލްޓަކީ ކަލާކުރި ބޯލްޓަކަށް ވާންވާނެއެވެ. މިބައްތިދަނޑިތައް ހަދައި ހަރުކުރާނީ އެނެކްސް 1 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.
- މިދަނޑިތަކުގެ ބުޑުތައް ކޮންކްރިޓްކުރާނީ އެނެކްސް 1ގައިވާ ނަމޫނާއާ އެއްގޮތަށެވެ. ކޮންކްރިޓް ބުޑުތެރެއިން ކޭބަލް ވެއްދުމަށް، ކުރެހުމުގައިވާ ގޮތަށް 1.5 އިންޗީގެ ޕީވީސީ ހޮޅި ލާންވާނެއެވެ.
- މިދަނޑިތައް ހަދަންވާނީ އޭ ނުވަތަ ބީ ގްރޭޑްގެ ދަގަނޑު ހޮޅިންނެވެ.
- އަލަށް ހަދާ ބައްތިދަނޑިތަކުގައި ވެލްޑްކުރާ ކޮންމެ ތަނެއްގައި ރެޑްލެޑް ލާންވާނެއެވެ. އަދި ދަވާދުލުމުގެ ކުރިން އެލްމެނިއަމް ކޯޓިންގއެއް ލުމަށްފަހު އަޅިކުލައިގެ މެޓަލިކް ދަވާދެއް ލާންވާނެއެވެ.
- މިބައްތިދަނޑިތަކުގައި ހަރުކުރާ ބައްތި ކައުންސިލުން ފޯރުކޮށްދޭނެއެވެ.
ވެވުދޮށުހިނގުމުގައި ބައްތިޖެހުން
- އިރުމަތި އަވަށުން ވެވުދޮށުހިނގުމުގައި ބައްތި ދަނޑި ޖަހައި ކަރަންޓް ވައިރުކޮށް ދިއްލުން.
- ވެވުދޮށުހިނގުމުގެ ދެކުނުކޮޅުގެ ބައްތިތަކަށް ކަރަންޓް ކޭބަލް އަޅާނީ އައްސޭރިހިނގުމުން ނޫއަލި ގޯއްޗާއި އިންވެގެން ހަރުކޮށްފައިވާ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިންނެވެ.
- ވެވުދޮށުހިނގުމުގެ އުތުރުކޮޅުގެ ބައްތިތަކަށް ކަރަންޓް ކޭބަލް އަޅާނީ ވެލާނާމަގުން ނިޔާމަ ގޯއްޗާއި އިންވެގެން ހަރުކޮށްފައިވާ ޑީބީންނާއި ފަރީދީމަގުން ބަހާރީގުލްޝަނާއި އިންވެގެން ހަރުކޮށްފައިވާ ޑީބީންނެވެ.
- ވެވުދޮށުހިނގުމުގައި އެކު ޖުމްލަ 13 ބައްތި ޖަހަންވާނެއެވެ. ބައްތި ބަހާނީ ކޮންމެ 200 ފޫޓަކަށް 5 ބައްތީގެ ރޭޓުންނެވެ.
- މިބައްތި ދަނޑީގެ އުސްމިނުގައި 2 މީޓަރު ހުންނަންވާނެއެވެ.
- މިދަނޑިތަކުގައި ހަރުކުރާނީ ހުދު އަލިން ދިއްލޭ 25ވގެ ލެޑް ލައިޓެވެ.
- މިމަގުގައި ހަރުކުރާ ހުރިހާ ބައްތިދަނޑިއެއްވެސް ހުންނަންވާނީ މަގުގެ ހުޅަނގު ފަރާތުގައެވެ.
- މިމަގުގައި ހަރުކުރާ ހުރިހާ ބައްތިދަނޑިއެއްވެސް ހުންނަންވާނީ އެނެކްސް 2 ގައިވާ ނުވަތަ އެއާއި އެއްގޮތް ފަރުމާއެއްގެ ބައްތިދަނޑިއެވެ.
- މިބައްތިތައް ހުންނަންވާނީ އެއް ޑިޒައިނަކަށް އެއް ސައިޒަކަށެވެ.
- މިބައްތިތަކުގެ ބުޑު ހުންނަންވާނީ އެނެކްސް 2 ގައިވާ ބުޑާއި އެއްގޮތަށް ކޮންކްރިޓްކޮށްފައެވެ.
- މިބައްތިތަކަށް ކަރަންޓު ގުޅާނީ އެއް ބައްތިން އަނެއް ބައްތިއަށް ކޭބަލް އަޅައިގެންނެވެ.
- މިމަގުގައި ހަރުކުރާ ބައްތިތަކުގެ ސަރކެޓް ބްރޭކަރުތަކާއި ޓައިމަރު އަދި ކަރަންޓް މީޓަރު ހަރުކުރާނެ ވަކި ޑީބީއެއް، ވެވުދޮށުހިނގުމުން ކޯދުގެއާއި އިންވެގެންވާ ސަރަޙައްދުގައި ހަރުކުރަންވާނެއެވެ. މި ޑީބީގައި 32 އެމްޕަޔަރުގެ ދެޕޯލްގެ 2 އެމްސީބީ އާއި 32 އެމްޕަޔަރުގެ 1 އީއެލްސީބީއަކާއި ސިންގަލް ޕޯލްގެ 2 އެމްސީބީ އާއި 16 އެމްޕަޔަރުގެ 1 ޓައިމަރަކާއި ސިންގަލް ފޭސް 1 ޑިޖިޓަލް ކަރަންޓް މީޓަރު ހަރުކޮށް ކަރަންޓްވައިރުކުރަންވާނެއެވެ.
ކޮންކްރީޓްގެ މަސައްކަތް
- ކޮންމެ ހޮޅިދަނޑިއެއްވެސް ހަރުކުރުމަށްޓަކައި ކޮންކްރީޓް ބުޑެއް، ކުރެހުމުގައިވާގޮތަށް އެމިންތަކަށް އަޅަންވާނެއެވެ.
- ކޮންކްރިޓްކުރާނީ 1:2:3 ރޭޝިއޯއިންނެވެ.
- ބުޑު ކޮންކްރިޓްކުރުމަށް ބޭނުންކުރާނީ 9މމގެ އެނބުރި ދަގަނޑެވެ.
- ހޮޅިދަނޑި ހަރުކުރުމަށްޓަކައި ކޮންމެ ކޮންކްރީޓް ބުޑެއްގައިވެސް 12މމގެ ކަލާކުރި 4 ބޯލްޓް ޖަހަންވާނެއެވެ. އަދި ކޮންމެ ބޯލްޓެއްގައި ކަލާކުރި 2 ނަޓާއި 2 ވަސަރު އަޅުވަންވާނެއެވެ.
- ކޮންކްރީޓް ބުޑު ތެރެއިން ކަރަންޓް ނަރު ދަތުރުކުރުމަށް ފަސޭހަވާނޭހެން ޕީވީސީ ކޮންޑިޔުޓް ލާންވާނެއެވެ. (ނަމޫނާ ކުރެހުން އެނެކްސް 1 ގައި)
އިތުރު މަޢުލޫމާތު
- މަގުމަތީ ކޭބަލް އަޅަންޖެހޭ ސަރަޙައްދުތަކުގައި ކޭބަލް ވަޅުލަންވާނީ ބިމުގެ ސަތަޙައިގެ ފެށިގެން 1.5 ފޫޓް އަޑީގައެވެ. ކޭބަލް ވަޅުލުމުގެ ކުރިން ވަރނިންގ ޓޭޕް އަޅަންވާނެއެވެ.
- ބައްތިތަކަށް ކަރަންޓްލުމަށް ބޭނުންކުރަންވާނީ 2.5ގެ ކަރަންޓް ކޭބަލެވެ.
- ކޭބަލް އަޅަންޖެހޭ ކޮންމެ ބައްތިއަކަށްވެސް ކޭބަލް އަޅަންވާނީ އެބައްތިއަކާއި އެންމެ ކައިރި ޑިސްޓްރިބިއުޝަން ފޮއްޓަކުންނެވެ.
ރަޖިސްޓްރީކުރުން | 2024 ޖޫން 12 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން | މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖޫން 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: info@raamaduvvari.gov.mv |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް | · 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
· އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ. · އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ. |
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަގު ހުށަހަޅަންވާނީ މިކައުންސިލްގެ ބިޑް ހުށަހަޅާ ފޯމްގައެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
“މަގުބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކުރުމާއި އިތުރުކުރުން”
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކްލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %75
- މުއްދަތު %20
- ތަޖުރިބާ %5
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ތަޖުރިބގެ މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.