މަޤާމު: | ކައުންސިލް އެސިސްޓެންޓް | ||||||||
މަޤާމުގެ ނަންބަރު: | J-375409 | ||||||||
ބޭނުންވާ އަދަދު: | 01 (އެކެއް) | ||||||||
މަޤާމުގެ ގިންތި: | ވަގުތީ (ވޭޖް އެމްޕްލޮއިމެންޓް) | ||||||||
މުއްދަތު: | 01 އަހަރާއި 11 މަސް | ||||||||
މަޤާމުގެ ރޭންކު: | އެސް.އެސް 1 | ||||||||
މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 | ||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: | މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ. މަޑުއްވަރި | ||||||||
ސެކްޝަން/ޔުނިޓް: | ސޯޝަލް ޑިވެލޮޕްމަންޓް އެންޑް ކޮމިޔުނިޓީ ސަރވިސް ޔުނިޓް | ||||||||
މުސާރަ: | މަހަކު 250 ގަޑިއިރު، މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 65/33 ރުފިޔާ (ތިރީސްތިން ރުފިޔާ ފަސްދޮޅަސް ފަސްލާރި) ރޭޓުން | ||||||||
އެހެނިހެން އެލަވަންސް: | މަތީގައި ދެންނެވިފައިވާ ގަޑިއިރަކަށްޖެހޭ ރޭޓް އިން %7 ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ކެނޑޭނެ އެވެ.
ރަމަޟާންމަހު މަސައްކަތް ކުރާނަމަ ރަމަޟާން މަހުގެ އިނާޔަތު ފައިސާ |
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 3. ޤަބުރުސްތާނުގައި ހެދިފައިވާ ގަސްތަކާއި ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ފާރުތަކާއި ލައިޓް ޕޯސްޓްތައް ސާފުކޮށް ބެލެހެއްޓުމާއި، ކުނިތައް އުކާލުން 4. ހިނަވާގެ ބެލެހެއްޓުމާއި، ހިނވާގެ ކުނިކަހާ މޮޕްލާ، ފާރުތަކާއި ސީލިންގާއި އަށްޓާއި ކަބަޑުތަކާއި އޭސީއާއި މޭޒު އަދި އެނޫންވެސް ތަކެތިން ހިރަފުހާއި މަކުނުވާ ފޮޅާ ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން 5. ޤަބުރުސްތާނާއި ހިނަވާގެ އިންވެގެންވާ މަގުތަކުގައި ހެދިފައިވާ ގަސްތަކާއި ވިނަތައް ނޮޅާ ސާފުކުރުމާއި، ކުނިތައް އުކާލުން 6. ހިނެވުމަށް ބޭނުންކުރާ ތަކެއްޗާއި، ސަންދޯއް ޖެހުމަށް ބޭނުންކުރާ ތަކެއްޗާއި، މިނޫންވެސް މިކަމާއި ގުޅިގެން ބޭނުންކުރާ ތަކެތީގެ ސްޓޮކް ހުސްވިޔަނުދީ ބެލެހެއްޓުމާއި، ތަކެތި ހުސްވާން ކައިރިވުމުން، ކައުންސިލް މެދުވެރިކޮށް ތަކެތި ހޯދައި ބެލެހެއްޓުން 7. ހިނަވާގޭގައި ބޭނުންކުރާ ހަރުމުދަލާއި، ވަޅު ކޮނުމާއި ވަޅުލުމަށް ބޭނުންކުރާ ސާމާނު ބެލެހެއްޓުމާއި، ހަލާކުވުމުން ނުވަތަ ބޭނުން ކުރުމަށް އުނދަގޫވާވަރު ވުމުން އެތަކެތި ކައުންސިލް މެދުވެރިކޮށް ހޯދައި ބެލެހެއްޓުން 8. ޤަބުރުސްތާނުގެ ލައިޓްތަކާއި ހިނަވާގޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ހުރި އެފަދަ ކުދި މަރާމާތު މަސައްކަތްތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން 9. ރަށުގައި މީހަކު ނިޔާވެއްޖެނަމަ، ހިނެވުމަށް ގެނައުމުގެ ކުރިންނާއި، ހިނެވުމުގެ ފަހުން ހިނަވާގެ ރަނގަޅަށް ސާފުކުރުމާއި، މައްޔިތާ ހިނެވުމާއި ކަފުންކުރުމާއި ކަށުނަމާދުކުރުމާއި ވަޅުލުމާއި ހަމައަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދިނުމާއި ވަޅުލާ ނިމުމުން، ވަޅުކޮނުމުގެ މަސައްކަތަށް ދޫކުރި ސާމާނު ހަމަކޮށް ސާފުކުރުމާއި ރައްކާކުރުން 10. މައްޔިތާ ވަޅުލުމަށް ވަޅުކޮނެދޭނެ މީހަކު ނުވެއްޖެ ޙާލަތެއްގައި ނުވަތަ ވަޅުކޮންނާނެ މީހުން މަދުވެއްޖެ ޙާލަތެއްގައި، އެކަމަށް ކައުންސިލުން އެދިއްޖެނަމަ، ވަޅުކޮނުމުގައި ބައިވެރިވުމާއި، ނިޔާވެފައިވާ ފިރިހެނަކު ހިނަވާނެ މީހަކު ނުވެއްޖެ ޙާލަތެއްގައި ނުވަތަ ހިނަވާނެ މީހުން މަދުވެއްޖެ ޙާލަތެއްގައި، އެކަމަށް ކައުންސިލުން އެދިއްޖެނަމަ، ހިނެވުމުގައި ބައިވެރިވުން 11. ރަށުގައި ވާރޭފެން ރައްކާކުރުމަށް މިސްކިތްތަކުގައި ބެހެއްޓިފައިވާ ފެން ތާންގިތައް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ވާރޭނުވެހި ގިނަދުވަސް ވުމަށްފަހު ވާރޭވެހި ފެންނަގާއިރު ފުރާޅު ސާފުވަންދެން ފެން ބަންދުކުރުމާއި، ފުރާޅު ސާފުވުމުން ވޭލް ދޫކުރުމާއި، ފެންތާންގިތަކުގެ މަތިތަކާއި ފެން އެޅޭ ބަޔާއި ހޮޅިއަށް ކުނިނޭޅޭ ގޮތަށް އިންތިޒާމްކުރުމާއި އެތަންތަން ސާފުކުރުމާއި ބެލެހެއްޓުން 12. ރަށުގެ މިސްކިތްތަކުގެ ވަޅުދިޔަ ހިއްކުމާއި، ބޮޑެތި ގަސްތަކުން މަގުމައްޗަށްވާ ބައި ކޮށުމަށާއި، ކުނިތައް އުކާލުމާއި ފުރާޅާއި ދިޔަދޮވި ސާފުކުރުމުގެ މަސައްކަތްތަކުގައި މިސްކިތު މުވައްޒަފުންނަށް އެހީތެރިވުން 13. ކައުންސިލުން ކުރިއަށްގެންދާ ނުވަތަ ބައިވެރިވާ ރަށުގެ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމަށް އެދިއްޖެ ހިނދެއްގައި އެމަސައްކަތްތަކުގައި ބައިވެރިވުމާއި، ރަށުގެ މަގުތަކާއި، ގޯޅިތަކާއި ޖެޓީ ސަރަޙައްދު އަދި ކުޅިވަރުކުޅޭ ދަނޑުތަކާއި، ޕާކްތަކާއި، މުނިފޫހިފިލުވުމާއި ބެހޭ އެންމެހާ ތަންތަނާއި ރަށުގެ ބަނދަރާއި އެއްގަމު ތޮށްޓާއި ގޮނޑުދޮށާއި އެނޫންވެސް އިޖުތިމާޢީ ސަރަޙައްދެއްގައި ކުރަންހުރި މަސައްކަތެއް ކުރުމަށް ކައުންސިލުން އެދިއްޖެ ހިނދެއްގައި އެމަސައްކަތެއް ކުރުމުގައި ބައިވެރިވުން 14. ރަށަށް ދިމާވާ އެކިއެކި ޤުދުރަތީ ކާރިޘާތަކާއި އެނޫންވެސް ހާދިސާތައް ކުރިމަތިވާ ވަގުތުތަކުގައި އެކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވުން 15. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
||||||||
މަޤާމުގެ ޝަރުޠުތައް: | ލިޔަން ކިޔަން އެނގުން
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: – ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، – ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. |
||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ފޮޅާ ސާފުކުރުން |
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ “އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް”. |
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2024 ޖުލައި 14 ން 2024 ޖުލައި 31 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. | ||||||||
“ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)” އާންމުކުރުން | އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)” އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 އަށެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > “ރެކްރޫޓްމެންޓް އުޞޫލު” (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
އިޢުލާން