އިޢުލާން
އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ ޕްރެކްޓިކަލް ޓެސްޓްހަދާ ޓްރެކް، ބަށިކޯޓް އޮތް ސަރަޙައްދުގައި އެޅުމަށް މިކައުންސިލްގެ 4 ވަނަ ދަޢުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ ޢާއްމު ޖަލްސާއިންވަނީ ނިންމާފައެވެ.
ވީމާ، ބަށިކޯޓް އޮތް ސަރަޙައްދުގައި އެއްވެސް މީހެއްގެ އެއްވެސް އެއްޗެއް އޮތްނަމަ، 2024 ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ކުރިން އެއެއްޗެއް ނެގުމަށް އަންގާ އިޢުލާންކުރަމެވެ. އަދި އެތާރީޚުގެ ފަހުން އެ ބިން ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.