އިޢުލާން
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ދަގަނޑު ދެ ތާންގީ އާއި ދެ ޗިލަރ ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
މުޙިއްމު ނުކުތާތައް
- ނީލަން ދެމި އޮންނާނީ މިއަދުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
- ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ޖައްސަވައި، ސިޓީ ހުށަހަޅުއްވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ސިޓީ އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@raamaduvvari.gov.mv އަށެވެ.
- ހުށަހަޅުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ އައިޓަމްގެ ނަންބަރު ޖައްސަވަންވާނެއެވެ.
- އެއް ސިޓީ އަކުން، ހަތަރު އައިޓަމަށް އަގު ހުށަހެޅިދާނެއެވެ.
- ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާ އަގަކީ، ކުރީ ދުވަހު އިޢުލާންކުރި އަގަށްވުރެ ބޮޑު އަގަކަށް ވާންވާނެއެވެ.
- ނީލަމަށް އަގު ހުށަހަޅުއްވާނީ ދިވެހި ރުފިޔާއިންނެވެ.
- 2024 ޖުލައި 21 ވަނަ ދުވަހުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގައި، އެދުވަހެއްގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު އިޢުލާންކުރާނެއެވެ. މި އިޢުލާން ފެންނާން ހުންނާނީ މިކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޓެލެގްރާމް ޗެނަލުންނެވެ.
- ފޭސްބުކް ޕޭޖް: https://www.facebook.com/Maduvvareeoffice/
- ޓެލެގްރާމް ޗެނަލް: https://t.me/RaaMaduvvareeCouncil
- އަގު ހުށަހަޅުއްވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 13:30ގެ ކުރިން ސިޓީ ހުށަހަޅުއްވަންވާނެއެވެ. 13:30ގެ ފަހުން ހުށަހަޅުއްވާ ސީޓީގައިވާ އަގު ހިމަނާނީ ޖެހިގެން އަންނަ ދުވަހުގެ އިޢުލާނުގައެވެ.
- ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން މިތަކެތި ހުރި ސައިޓަށް ވަޑައިގެން އެތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
- ނީލަމުގައި ވިއްކާލާ ތަކެތީގެ ފޮޓޯ މި އިޢުލާނުގެ އެނެކްސް 1، އެނެކްސް 2 އަދި އެނެކްސް 3 ގައި ހިމެނިފައިވާނެއެވެ.
- ނީލާން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ނީލަމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެތެރޭގައި ތަކެތި ހުރި ސަތިޓުތަކުން ތަކެތި ނަގައި ގެންދަންވާނެއެވެ.
ނީލަމުގެ ތަފްޞީލް |
|||
އައިޓަމް ނަންބަރު |
ތަކެތީ |
ފެށޭ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭ މަދު މިންވަރު |
1 |
42،000.00 (ސާޅީސްދެހާސް) ލީޓަރުގެ ދަގަނޑު ތާންގީ |
5000.00 (ފަސްހާސް) ރުފިޔާ |
500.00 (ފަސްސަތޭކަ) ރުފިޔާ |
2 |
3600.00 (ތިންހާސް ހަސަތޭކަ) ލީޓަރުގެ ދަގަނޑު ތާންގީ |
500.00 (ފަސްސަތޭކަ) ރުފިޔާ |
100.00 (ސަތޭކަ) ރުފިޔާ |
3 |
20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ |
10،000.00 (ދިހަހާސް) ރުފިޔާ |
1000.00 (އެއްހާސް) ރުފިޔާ |
4 |
20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ |
10،000.00 (ދިހަހާސް) ރުފިޔާ |
1000.00 (އެއްހާސް) ރުފިޔާ |
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.