ޑިންގީޖެޓީގެ ބުޑުތަށް ޗޭނުން ގުޅުވާލުން

އިޢުލާން ނަންްބަރު
(IUL)308/2024/44
ތާރީޚް
ޕަބްލިޝްކުރި: 08/10/2024
ސުންގަޑި: 17/10/2024
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2024/12

މިރަށު ދެކުނު ބަނދަރު ޑިންގީ ޖެޓީގައި ފައްތިޔާ ޖެހުމަށް ފައްތާފައިވާ ކޮންކްރިޓް ބުޑުތަށް ދަގަނޑު ޗޭނުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. 12×25އެމްއެމްގެ 300 ފޫޓުގެ ދަގަނޑު ޗޭނާއި ދެ ސިކަލް ހޯދުން.
  2. ޑިންގީޖެޓީގެ ފައްތިޔާ ޖެހުމަށް މޫދަށް ފައްތާފައިވާ، އެންމެ ހުޅަނގު ކޮންކްރިޓް ބުޑުން ފެށިގެން، އެއްބުޑު އަނެއްބުޑާއި ގުޅާލުން.
  3. ޗޭނަށް ބުޑުތައް އަމުނާލުމާއި އެންމެ ހުޅަނގު ބުޑާއި އެންމެ އިރުމަތީ ބުޑުގައި ސިކަލް އަޅުވައި ޗޭނު ބަނދެލުން.
  4. ބުޑުތައް ތަރުތީބުކޮށް އެލައިންކޮށްލުން.
ރަޖިސްޓްރީކުރުން 2024 އޮކްޓޫބަރު 16 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ޑިންޑީ ޖެޓީ ބުޑުތަކަށް ޗޭނުއެޅުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 އޮކްޓޫބަރު 16 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ:  ismail.azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2024 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

 

 

 

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑިންގީ ޖެޓީގެ ބުޑުތަކަށް ޗޭނުއެޅުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %80
  • ތަޖުރިބާ %10
  • މުއްދަތު %10
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.