ޕްރޮޖެކްޓް ނަންބަރު PC/308/2024/12
ރައްޔިތުންގެ ހިޔާގެ ގްރައުންޑް ފްލޯރގައި އަމިއްލަ ތަކެތީގައި ކަރަންޓް ވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތާއިގުޅޭ މަޢުލޫމާތު
- ކަރަންޓް ވައިރުކުރާނީ ކޭސިން އަޅައިގެންނެވެ.
- ކަރަންޓް ވައިރުކުރުމުގައި ބޭނުންކުރާނީ ގަބޫލުކުރާ މިންގަނޑުގެ ކޭބަލެވެ.
ކުލާސްރޫމް 2 އަދި މެސްރޫމްގެ ވައިރިންގ
- 16 އެމްޕަޔަރުގެ 2 ސަރކެޓް ބްރޭކަރ ހަރުކުރުން
- 10 އެމްޕަޔަރުގެ 3 ސަރކެޓް ބްރޭކަރ ހަރުކުރުން
- 6 އެމްޕަޔަރުގެ 2 ސަރކެޓް ބްރޭކަރ ހަރުކުރުން
- 15 އެމްޕަޔަރުގެ 2 ސަރކެޓް ސޮކެޓް ހަރުކުރުން
- 13 އެމްޕަޔަރުގެ 10 ސަރކެޓް ބްރޭކަރ ހަރުކުރުން
- 24 ވޯޓުގެ 7 ސީލިންގ މައުންޓް ލައިޓްއެޅުވުން.
- 1 ފަންކާ ޑިމަރު
- 2 ގޭންގެ 2 ސްވިޗް
ކްލާސްރޫމް 1
- 15 އެމްޕަޔަރުގެ 1 ސޮކެޓް ހަރުކުރުން
- 13 އެމްޕަޔަރުގެ 6 ސޮކެޓް ހަރުކުރުން
- 6 އެމްޕަޔަރުގެ 1 ސަރކެޓް ބްރޭކަރ ހަރުކުރުން
- 10 އެމްޕަޔަރުގެ 2 ސަރކެޓް ބްރޭކަރ ހަރުކުރުން
- 16 އެމްޕަޔަރުގެ 1 ސަރކެޓް ބްރޭކަރ ހަރުކުރުން
- 24 ވޯޓުގެ 4 ސީލިންގ މައުންޓް ލައިޓްއެޅުވުން.
2 އޮފީސް ރޫމް އަދި ރިސެޕްޝަން
- 13 އެމްޕަޔަރުގެ 8 ސޮކެޓް ހަރުކުރުން
- 15 އެމްޕަޔަރުގެ 1 ސޮކެޓް ހަރުކުރުން
- 10 އެމްޕަޔަރުގެ 4 ސަރކެޓް ބްރޭކަރ ހަރުކުރުން
- 6 އެމްޕަޔަރުގެ 2 ސަރކެޓް ބްރޭކަރ ހަރުކުރުން
- 24 ވޯޓުގެ 13 ސީލިންގ މައުންޓް ލައިޓްއެޅުވުން.
- 1 ގޭންގް 1 ސްވިޗް
- 13 އެމްޕަޔަރުގެ 12 ސޮކެޓް ހަރުކުރުން
- 15 އެމްޕަޔަރުގެ 1 ސޮކެޓް ހަރުކުރުން
ޕަންޕް ރޫމާއި މީޓަރު ރޫމް
- 24 ވޯޓުގެ 2 ސީލިންގ މައުންޓް ލައިޓްއެޅުވުން.
- 13 އެމްޕަޔަރުގެ 2 ސޮކެޓް ހަރުކުރުން
ރަޖިސްޓްރީކުރުން | 2024 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
ރައްޔިތުންގެ ހިޔާ ކަރަންޓް ވައިރުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން | މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: info@raamaduvvari.gov.mv |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް | · 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
· އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ. · އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ. |
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
“ރައްޔިތުންގެހިޔާ ކަރަންޓްވައިރުކުރުން”
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކުލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %80
- ތަޖުރިބާ %10
- މުއްދަތު %10
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގަށެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.