ރ. އުފުލަންދޫން ދަނޑުބިން ދޫކުރުން

އިޢުލާން ނަންްބަރު
(IUL)308/2024/52
ތާރީޚް
ޕަބްލިޝްކުރި: 02/12/2024
ސުންގަޑި: 10/12/2024
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2024/15

ރ. އުފުލަންދޫގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ، ރ.މަޑުއްވަރީގެ ރައްޔިތުންނަށް ބިން ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރުއްވައި 2024 ޑިސެމްބަރު 10 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ރ. އުފުލަންދޫން ކުލީބިމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް ކުރައްވާނީ info@raamaduvvari.gov.mv އަށެވެ.

 

މުޙިއްމު ނުކުތާތައް

  1. ދަނޑުގޮވާންކުރުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 4000 (ހަތަރުހާސް) އަކަފޫޓެވެ.
  2. އުފުލަންދޫން ދޫކުރާ ބިންތަކުގެ އަގަކީ އަކަފޫޓަކަށް 10/- (ދިހަ ލާރި) އެވެ.
  3. ދަނޑުބިން ދޫކުރާނީ ގިނަވެގެން 3 އަހަރާއި 5 މަހުގެ މުއްދަތަށެވެ.
  4. މި އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފައުޅުކޮށް ބިމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ނިޞްބަތް ބިމުގެ ނިސްބަތަށްވުރެ އިތުރުނަމަ، ބިން ކުއްޔަށް ދޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުން ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.