ދިވެހިރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، 2024 ޑިސެމްބަރު 12ވާ ބުރާސްފަތި ދުވަހު ފަރުމަސް ބޭނުމުގެ މަސްރޭހެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
މަސްރޭހުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ނަންބަރު އޮޑީގައި ޖަހާފައިވާ އުޅަނދުފަހަރަށެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިމިވަނީއެވެ.
(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000.00 ރުފިޔާ
(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000.00 ރުފިޔާ
(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 1500.00 ރުފިޔާ
(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 500.00 ރުފިޔާ
ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2024 ޑިސެންބަރު 08 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ info@raamaduvvari.gov.mv އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.