ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކާއި ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލައިސަންސް ނަގަން އެންގުން

އިޢުލާން ނަންްބަރު
(IUL)308/2025/16
ތާރީޚް
ޕަބްލިޝްކުރި: 09/04/2025
ސުންގަޑި:
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

މަސްވެރިކަމާއިބެހޭ ވުޒާރާގެ ޤަވާޢިދު ނަންބަރު 2025/R-3 ހުއިފިލަނޑާގެ މަސްވެރިކަން ރާވާހިންގައި، ބެލެހެއްޓުމާއިބެހޭ ޤަވާޢިދާއި، ޤަވާޢިދު ނަންބަރު 2025/R-4 ފަރުމަސްވެރިކަން ރާވާހިންގައި، ބެލެހެއްޓުމާއިބެހޭ ޤަވާޢިދަށް 2025 ޖަނަވަރީ 13 ވަނަ ދުވަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިޤަވާޢިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން އަންނަނިވި ފަރާތްތަކުން އެކަމަށް ޚާއްޞަ ލައިސަންސް މަސްވެރިކަމާއިބެހޭ ވުޒާރާއިން ނަގަންޖެހޭކަމަށްވަނީ ކަނޑައަޅާފައެވެ.

  1. ވިޔަފާރި ބޭނުމަށް ހުއިފިލަނޑާގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  2. ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހޭ ފަރާތްތަކާއި ތަންތަން؛
  3. ވިޔަފާރީގެ ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  4. ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ފަރުމަސް ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި އުޅަނދުފަހަރާއި ތަންތަން؛
  5. އެކްސްޕޯޓްކުރާ ފަރާތްތަކަށާއި ރިޒޯޓްތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ކުންފުނިތައް ނުވަތަ ކަލެކްޓަރ އުޅަނދުތައް.

މިލައިސަންސްތަކުގެ މުއްދަތާއި ފީތައް ތިރީގައި އެވަނީއެވެ.

ލައިލަންސްގެ ބާވަތް ލައިސަންސްގެ މުއްދަތު ފީ (ރުފިޔާ)
ހުއިފިލަނޑާގެ މަސްވެރިކަންކުރާ އުޅަނދުތައް 24 މަސްދުވަސް -/200 ރުފިޔާ
ހުއިފިލަނޑާ ހަމައެކަނި ސީރާކުރާ ފަރާތްތައް 24 މަސްދުވަސް -/100 ރުފިޔާ
ސީރާކުރުމުގެ އިތުރުން އެހެން ގޮތަކަށް ޕްރޮސެސްކުރާ ފަރާތްތައް 24 މަސްދުވަސް -/300 ރުފިޔާ
ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް 24 މަސްދުވަސް -/250 ރުފިޔާ
އެކްސްޕޯޓްކުރާ ފަރާތްތަކަށާއި ރިޒޯޓްތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ކުންފުނިތައް 24 މަސްދުވަސް -/300 ރުފިޔާ
ފަރުމަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފެސިލިޓީތައް 24 މަސްދުވަސް -/500 ރުފިޔާ

 

ވީމާ، 2025 އޭޕްރިލް 13 ވަނަ ދުވަހުން ފެށިގެން މަސްވެރިކަމާއިބެހޭ ވުޒާރާގެ އިންފޮމޭޝަން ސިސްޓަމް (https://keyolhu.mv) މެދުވެރިކޮށް ލައިސަންސް ނެގުމުގެ މަސައްކަތް ކުރެއްވުން އެދެމެވެ. ކަމާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މަސްވެރިކަމާބެހޭ ވުޒާރާގެ ނަންބަރު 3339072 ނުވަތަ 3339272 އަށް ގުޅުއްވުން އެދެމެވެ.