އިޢުލާން
ރަށުގެ މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި މަގުމަތީގައި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގު ބޭނުންކުރާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކިވަރުގެ އުނދަގޫތައްވާތީ އެކަމުގެ ޝަކުވާ މިކައުންސިލްގައިދަނީ އުފުލެމުންނެވެ. ރަށުގެ މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި ޢާއްމުކޮށް ބަހައްޓާ ތަކެތި ނަގައި މަގުތައް އަމާންކުރުމަށް ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ. ވީމާ، ރަށުގެ މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތި 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުމަށް ޢާއްމުކޮށް އެންމެހާ ރައްޔިތުންނަށް އަންގައި އިލްތިމާސްކުރަމެވެ. އަދި މިމުއްދަތުގެ ފަހުން މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.