ވިޔަފާރި ރަޖިސްޓްރީކުރުމަށް އެންގުން

އިޢުލާން ނަންްބަރު
(IUL)308/2023/10
ތާރީޚް
ޕަބްލިޝްކުރި: 22/02/2023
ސުންގަޑި:
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

މަސްކައްކާ ހިއްކުމާއި ވަޑާންގެ ހިންގުމާއި ގުދަންކުރުމާއި ދަނޑުވެރިކަން ކުރުމާއި އިމްޕޯޓް މުދާވިއްކުމާއި ސިމެންތި ގައު އެޅުމުގެ މަސައްކަތަށް ދިގުމުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ. ދިގު މުއްދަތަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކަކީ މިހާރު ވަގުތީ ކުލީ ބިންތަކުގެ ގޮތޮގައި ކުއްޔަށް ދޫކޮށްފައިވާ އަދި ދޫކުރަމުންދާ ބިންތަކެވެ. އެގޮތުން މަސްކައްކާ ހިއްކުމަށް ދޫކުރާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި އެނޫން މަސައްކަތްތަކަށް 3 (ތިނެއް) އަހަރު ދުވަހާއި 10 (ދިހައެއް) އަހަރު ދުވަހާއި ދެމެދުގެ މުއްދަތަކަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

ދިގުމުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކަށް އަގު ހުށަހެޅޭނީ ޤާނޫނު ނަންބަރު 18-2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އާއި އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

ވީމާ، ދިގު މުއްދަތަށް ބިން ކުއްޔަށް ހިފަން ބޭނުންފުޅުވާ ( މިހާރު ވިޔަފާރި ރަޖިސްޓްރީއެއް ނެތް ) ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީކުރުމަށް އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.