ރަމަޟާން މަހު މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ޞަދަޤާތްކުރުމާއި ގުޅޭ!

އިޢުލާން ނަންްބަރު
(IUL) 308/2023/13
ތާރީޚް
ޕަބްލިޝްކުރި: 20/03/2023
ސުންގަޑި:
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ރޯދަ ވީއްލުމަށް މިސްކިތަށް ތަކެތި ގެންދިއުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

  1. ކާބޯތަކެތި އިސްރާފް ނުކުރުމާއި، މިސްކިތަށް ގެންދެވި ތަކެތި ހުސްނުވެ ހުރިނަމަ، ޢިޝާ ނަމާދުގެ ކުރިން ތަކެތި އަނބުރާ ގެންދިއުން.
  2. މިސްކިތުގައި ކާބޯތަކެތި ގެންގުޅޭއިރު އާއި ރޯދަ ވީއްލުމުގެ ކަންކަން ކުރަމުންދާއިރު، މިސްކިތުގެ ގޯތި ތެރެއަށް ހުސް ފުޅި އާއި ހުސް ޕެކެޓް ފަދަ ތަކެތި ނޭޅުމާއި، އެފަދަ ތަކެތި އެޅުމަށް ޚާއްޞަކޮށް ބަހައްޓާފައިވާ ޑަސްބިނަށް އެތަކެތި އެޅުން.
  3. ކާބޯތަކެތި އަޅައިގެން ގެންނަ ތަށި ފަދަ ތަކެއްޗަކީ އަނބުރާ ގެންދަންޖެހޭ ތަކެއްޗަށްވާނަމަ، އެތަކެތި ފާހަގަ ކުރުމަށް ގޭގެ ނަން ނުވަތަ އެބޭފުޅެއްގެ ނަން ނުވަތަ ނިޝާނެއް ޖައްސަވައިގެން ގެނައުން.
  4. ޖޫހާއި ފަނި ފަދަ ބުއިންތައް، ބޮޑެތި ފުޅީގައި ނުވަތަ ޖަގެއްގައި ގެންނަ ނަމަ، އެއާއެކު ޑިސްޕޯސަބަލް ތަށި ގެނައުން.
  5. ބަންދުކޮށްފައި ނުވަތަ ޕެކެޓް ކޮށްފައި ހުންނަ ތަކެތި ގެންނަވާނަމަ، މުއްދަތު ހަމަނުވާކަން ކަށަވަރުކުރުން.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.