މިސްކިތްތައް މަރާމާތުކުރުން

އިޢުލާން ނަންްބަރު
(IUL)308/2023/22
ތާރީޚް
ޕަބްލިޝްކުރި: 16/05/2023
ސުންގަޑި: 23/05/2023
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2023/04

 

ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސްޖިދުލް އަމާނާ

  • މިސްކިތުގެ ހުޅަނގު ހަރިއްމަ ފާރުތަޅާ ގައުކުޑިތައްނަގައި ބިން ސާފުކުރުމާއި ގައުކުނޑިތައް އިރުމަތި އަވަށު ސްޓޭޖާއި ދިމާ ހޭޅިޔަށް އުކާލުން. ފާރުގެ ދިގުމިނަކީ 69’.5” އެވެ. އުސްމިނަކީ 2’ އެވެ.
  • މިސްކިތުގެ ހުޅަނގުދެކުނު ގޯތިތެރޭގައި ބަހައްޓާފައިވާ 2 ކަޅުހަން ނަގައި، ކުރީގެ ގަބުރުސްތާނުގައި ބަންޑުން ބެހެއްޓުމާއި ކަޅުހަން ބެހެއްޓުމަށް ހަދާފައިވާ ސިމެންތި އަށިތަޅާ، ބިން ސާފުކޮށް، ގައުކުނޑިތައް އިރުމަތި އަވަށު ސްޓޭޖާއި ދިމާ ހޭޅިޔަށް އުކާލުން. ކަޅުހަން ބަހައްޓާފައިވާ އަށީގެ ބޮޑުމިނަކީ 10’x5’ އެވެ. އުސްމިނުގައި 1’ އެވެ.
  • މިސްކިތުގެ އުތުރާއި ހުޅަނގު ހަރިއްމަ ފާރުގެ 8’x6’ ކޮންކްރިޓް ފައުންޑޭޝަން އެޅުން. ހުޅަނގު ފާރުގެ ދިގުމިނަކީ 69’.5” އެވެ. އުތުރު ފާރުގެ ދިގުމިނަކީ 35’.7” އެވެ.
  • 4” ގެ ހޮލޯ އެޅިގަލުން 6’ އުސްމިނަށް ރޭނުމާއި ކޮންމެ 10’ ފޫޓަކުން 6”x6” ކޮންކްރިޓް ތަނބު އެޅުމާއި ފާރު ރާނާ ނިންމުމަށްފަހު 6”x6” ގެ މަތީ ކޮންކްރިޓް ބީމް އެޅުން.
  • އަލަށް ރޭނި ހުޅަނގު ހަރިއްމަ ފާރުގެ އިތުމަރީ ފަރާތުގައި ސިމެންތިޖެހުމާއި އަލަށް ރޭނި އުތުރު ހަރިއްމަ ފާރުގެ ދެކުނުފަރާތުގައި ސިމެންތިޖެހުން
  • 4’x3’x3’ ގެ ފެން ހިންދާއެއް ރާނާއި ދެފަރާތުން ސިމެންތިޖަހައި، ފެންހިންދާ އާއި އެކަށީގެންވާ ކޮންކްރިޓް މަތިގަނޑެއް އެޅުން. ފެންހިންދާ ރާނާނީ 3” ގަލުންނެވެ. ފެންހިންދާގެ މަތިގަނޑާއި މިސްކިތުގެ ގޯތިތެރޭގެ ބިމާއި ހަމަހަމަވާނެހެން އަޑިއަށް ފައްތަންވާނެއެވެ. އަދި މަތިގަނޑު ނަގަން ފަސޭހަވާނޭ ގޮތަށް، މަތިގަނޑުގައި 2 އަތްގަނޑު ލާންވާނެއެވެ.
  • އިސްކުރުބަރީގެ ފެންވައިރިން ފެން ހިންދާ އާއި ގުޅާލުން.
  • މިސްކިތުގެ އިރުމައްޗާއި ދެކުނު ފަރާތު ވަށާފާރާއި މިސްކިތުގެ ޢިމާރާތުގެ އެތެރެ އާއި ބޭރުފާތުތަކުގައި ރެދުލާފައިވާ ބައިތަށް ކަނޑާ ބެއްދުން.
  • މިސްކިތުގެ ސީލިންގ ހަލާކުވެފައިވާ ސަރަޙައްދުތަކުގައި ޕުޓީލައި އޮމާންކޮށް ކުލަލުން.
  • މިސްކިތުގެ ވަށާ ފާރާއި އިސްކުރުބަރި އާއި ފާޚާނާތަކާއި ގުދަނުގެ އެތެރެއާއި ބޭރުގައި ކުލަލުން.
  • މިސްކިތުގެ ޢިމާރާތުގެ އެތެރެއާއި ބޭރު ފާރުތަކުގައި ކުލަލުން
  • އިސްކުރުބަރި އާއި މިސްކިތުގެ ޢިމާރާތުގެ ސީލިންގގައި ކުލަލުމާއި މިސްކިތުގެ ލަކުޑި ދޮރާއި ދޮރުފަތްތަކާއި ފެންލައިޓުތަކުގައި ދަވާދުލުން.
  • މިސްކިތުގެ ހަރިއްމަތެރޭގައި ޖަހާފައިވާ ގައުތަކުގައި އަޅިކުލައިގެ ފްލޯ ޕެއިންޓް ލުން. ފްލޯ ޕެއިންޓް ހޯދާނީ ކޮންޓްރެކްޓަރެވެ.

ނޯޓް: މިމަސައްކަތަށް ބޭނުންވާ އެންމެހާ ކުލަ އާއި ސީލަރު ކައުންސިލުން ފޯރުކޮށްދޭނެއެވެ. އަދި މަސައްކަތަށް ބޭނުންވާ ދަވާދާއި ފްލޯ ޕެއިންޓް ހޯދަންވާނީ ކޮންޓްރެކްޓަރެވެ.

 

މަސްޖިދުލް ޢުލާ

ހ. މި ދޮރުފަތުގެ ބިއްލޫރިގަނޑު ތެޅިފައިވާތީ ބިއްލޫރި ބަދަލުކުރުން.

ށ- 6މމ ގެ ބިއްލޫރި ބަދަލުކުރުން (އަލުން އަޅުވާ ބިއްލޫރިއަކީ ދޮރުފަތުގައި މިހާރު ހުރި ކުލަޔާއި އެއްގޮތް ބިއްލޫރިއަށްވާން ވާނެއެވެ.)

 

 

ނ. މިސްކިތުގެ އުތުރު އަދި ދެކުނުފަރާތު ބޮޑުދޮރުގެ 4 ދޮރުފަތުގެ ތެރެއިން މެދު ދެދޮރުފަތުގެ ދެފަރާތުގައި އަތްގަނޑު ހަރުކުރުމާއި މެދު ދެދޮރުގައި 4 ހުޅުފަތް ހަރުކޮށް، ބޭރަށް ހުޅުވޭގޮތަށް ހަރުކުރުމާއި ޑޯރކްލޯޒަރ ހަރުކުރުން.

 

 

 

 

ރަޖިސްޓްރީކުރުން 2023 މެއި 23 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ބިޑް ރަޖިސްޓްރީކުރާ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 މެއި 23 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2023 މެއި 24 ވާ ބުދަ ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މިސްކިތް މަރާމާތުކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %85
  • މުއްދަތު %10
  • ތަޖުރިބާ %5
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބާ %5 ، މިބައިގައި ބަލާނީ ވޭތުވެ ދިޔަ 5 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.