މަސްކައްކާ ހިއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުން.
ނަންބަރު
(IUL)308/2026/34
ޕަބްލިޝްކުރި ތާރީޚު
17 އޮގަސްޓު 2026
ސުންގަޑި
24 އޮގަސްޓު 2026
ތަފްސީލް
ޕްރޮޖެކްޓް ނަންބަރު PC/308/2026/06
މިދަންނަވާ ބިންތައް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.
# | ބިން އޮތް ސަރަޙައްދު | ބިމުގެ ނަން | އަވަށް | ކޮށީ ނަންބަރު | ތަރުތީބު ނަންބަރު | އަކަފޫޓް |
1 |
މަސްކައްކާ ހިއްކާ ސަރަޙައްދު |
މަސްކައްކާ ހިއްކާ ބިން |
އިރުމަތި |
ބީ - 9 | 746 | 1525.00 |
2 | 747 | 1275.00 | ||||
3 | 748 | 1025.00 | ||||
4 | 749 | 1431.00 | ||||
5 | 750 | 1800.00 |
މުޙިއްމު ނުކުތާތައް
މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ، މަޑުއްވަރީން ބިމެއް ކުއްޔަށް ނަގާފައިނުވާ މަޑުއްވަރީ ރަށްވެހިންނަށާއި މަޑުއްވަރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ.
ބިޑް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް، -/1 (އެކެއް) ރުފިޔާއެވެ.
ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
މިބިންތަކުގައި ކުރެވޭނީ މަސްކައްކާ ހިއްކުމާއި މަސް ލޮނުއެޅުމާއި މަސްއަވީލުމާއި މަސް ބަންދުކުރުމާއި މަސް ޕްރޮސެސްކުރުމާއި މިނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކެވެ.
ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ ގިނަވެގެން، 4 (ހަތަރެއް) މަސްދުވަސްތެރޭގައި ބިމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ފަށަންވާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 5 (ފަހެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ބިންތައް އޮތް ސަރަޙައްދު އެނގޭނެ ޗާޓް މިއިޢުލާނުގައި ހިމެނިފައިވާނެއެވެ.
ރަޖިސްޓްރީކުރުން | 2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން | މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: info@raamaduvvari.gov.mv |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" މަސްކައްކާ ހިއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު 0
ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 އޮގަސްޓް 2026
ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރެވޭނެ ފައިލްތައް ނެތް